އިތުރު 27 މީހަކަށް ކޯވިޑް ޖެހި، ޖުމުލަ އަދަދު 2003 އަށް އަރައިފި

ރާއްޖެއިން އިތުރު 27 މީހަކަށް ކޯވިޑް ޖެހި،  ބަލި ޖެހުނު މީހުންގެ ޖުމުލަ 2000 އިން މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި މިއަދުގެ އިރު އޮއްސި 6 އާ ހަމައަށް 27 މީހަކަށް ކޯވިޑް ޖެހިފައިވެއެވެ. އެއީ 14 ދިވެހިންނާއި ބަނގްލަދޭޝްގެ 12 މީހަކާއި އިންޑިއާ މީހެކެވެ.

މިއަދު ބަލި ޖެހުނު 27 މީހުންނާއެކު މިހާރުު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 2003 އެވެ. މާލޭގައި ބަލި ފެތުރެން ފެށިފަހުން 1193 މީހަކު ބަލި ފަސޭހަވެފައިވާ އިރު ބަލި ރަނގަޅު ނުވެ 800 މީހަކު އެބަތިއްބެވެ. ކޯވިޑް ޖެހިގެން ރާއްޖެއިން 8 މީހަކުވަނީ ނިޔާވެފައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.