ލުއިދޭނީ އަންގާރައިން ފެށިގެން

މާލެ ބަންދުކޮށްފައި އޮތް އޮތުމަށް އަންގާރަ ދުވަހުން ފެށިގެން ލުއިދޭން ނިންމައިފިއެވެ. ލުއި ދޭން ނިންމާފައިވީ ނަމަވެސް ލުއި ދޭނީ ބަންދަށް ލުއި ދިން ފުރަތަމަ މަރުހަލާގައި ރަށުތެރޭގައި ކޯވިޑް ފެތުރުމަށް އައިސްފައިވާ ބަދަލުތަކަށް ބަލާފައެވެ. 

ޖޫން މަހުގެ ފަނަރަ ވާ އަންގަރަ ދުވަހު މާލެ ބަންދަށް ލުއި ދިނުމަށް ނިންމާފައިވާތީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލެތު މައިމޫނާ އަބޫބަކުރު ވަނީ ޖޫން 14 ވާ ހޯމަ ދުވަހާ ހަަމައަށް ބަންދުގެ މުއްދަތު އިތުރުކުރައްވާފައެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗަށް ނުކުތުމާއި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްދިނުންވަނީ ހުއްޓައިލުމަށް ވަނީ އަންގަވާފައެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅަށް އަރައިފޭބުންވެސް މަނާވާނެއެވެ.

ދަތުރުފަތުރުކުރުމާއި މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށްފައިވީ ނަމަވެސް ލުއިތަކެއް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ދޫކުރާ ހުއްދަ ދިނުން އިތުރުކުރުމާއި ދޮށީ އުމުރުގެ މީހުންނަސް ފަތިހު 5 އާއި ހެނދުނު 8 އާ ދެމެދު ބޭރަށް ނުކުމެ އުޅެވޭނެއެވެ. އަދި ޓެކްސީ ހުއްދަ ދިނުން އިތުރުކުރުމާއި މާލެއާއި ތިލަފުށްޓާއި ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކޮށްފައިވެއެވެ.  

މީގެ އިތުރަށް ވެސް ކުިރން ދީފައި ހުރި ބައެއް ލުއިތައް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.