އަދީބުގެ މައްޗަށްކުރާ އިތުރު 9 ދައުވާގެ ޝަރީއަތް މިއަދު ފަށަނީ

33 އަހަރުގެ ޖަލު ޙުކުމެއް މިހާރުވެސް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރަން ނިންމި އިތުރު 9 ދައުވާއެއްގެ ޝަރީއަތް މިއަދު މެންދުރު ފަހު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަން ތާވަލް ކޮށްފިއެވެ.

މި ދައުވާތަކުގެ ޝަރީއަތުގެ މަޖިލިސް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 1:30 ގައެވެ.  އޭނާގެ މައްޗަށް ކުރާ ނުވަ ދައުވާއަކީ މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯއްދެވުމާއިގުޅޭ މައްސަލަތަކެއްގެ ދައުވާތަކެކެވެ. އެއީ އަދީބު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވިއިރު ކުއްޔަށް ދޫކުރެއްވި 55 ރަށުގެ ތެރެއިން 25 ރަށެއްގެ މައްސަލައެވެ. ނަމަވެސް ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ 55 ރަށުގެ މައްސަލައެވެ. ޕީޖީން ނިންމީ އޭގެތެރެއިން 25 ރަށުގެ މައްސަލައިގައި ދައުވާ ކުރާށެވެ. ދައުލަތުން ބުނެފައި ވަނީ ކުއްޔަށް ދޫކުރެއްވި ކޮންމެ ރަށަކުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް މިހާރު އަލަށްކުރާ 9 ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ މިހާރު 33 އަހަރުގެ ޖަލު ޙުކުމުގެ ތެރެއަށް އިތުރު 25 އަހަރުގެ ޖަލު ޙުކުމް އަންނާނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.