މިހާރު ހުރި ކޮންޓެއިނާރތައް 12 ދުވަހުގެ ތެރޭގައި ކްލިއާރ ނުކޮށްފިނަމަ ޑެމަރޭޖް ނަގޭނެކަމަށް އެމްޕީއެލް އިން ވިދާޅުވެއްޖެ

މިހާރު ބަނަދަރުގައި ހުރި ކޮންޓެއިނާތައް އިއްޔެ އިން ފެށިގެން 12 ދުވަހުގެ ތެރޭގައި ކްލިއާރ ނުކޮށްފިނަމަ ޑެމަރޭޖް ނަގާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ސީއީއޯ ޝާޙިދު އަލީ ވިދާޅުވެއްޖެއެވެ. ލޮކްޑައުންގެ ހާލަތާއި ގުޅިގެން އެމްޕީއެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވަލޮޕްމެންޓް އާއި އެކު ކުރެވުނު މަޝްވަރާގެ މަތިން ލޮކްޑައުންގެ ހާލަތުގައި ގެންނަ ކޮންޓެއިނާތަކުގެ މުދަލަށް ޑެމަރޭޖް ނުނަގާގޮތްއް ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ލޮކްޑައުންގެ ހާލަތަށް ލުއި ލިބުމާއިއެކު އަދި ކޮންޓެއިނާރ ކްލިއާރ ކުރާ ފަރާތްތަކަށް ފާސް ހޯދުމުގައި އަދި ހުއްދަތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބޭ އުސޫލުތައް އާއްމުކުރުމާއި ގުޅިގެން އިއްޔެ އިން ފަށައިގެން 12 ދުވަހަށްފަހު އަނެއްކާވެސް ޑެމަރޭޖް އަރާނެކަމަށް ޝާހިދު ވިދާޅުވިއެވެ. 

އޭނާ އެދިލެއްވީ މިހާރު ބަނދަރުގައި ތިބި ގިނަ ދުވަސްވެފައިތިބި ކޮންޓެއިނާރތައް މި 12 ދުވަހުގެ ތެރޭގައި ނެންގެވުމަށެވެ. އެހެނީ މާލެ ކޮމާޝަލް ހާރބަރުގެ ޖާގަ ކުޑަވެފައި، މިހާރު ތިބި ކޮންޓެއިނާތައް ނުނެރެ ހުރުމުގެ ސަބަބުން އަލުން އަންނަ ކޮންޓެއިނާރތައް ބޭލުމުގައި އަދި ކްލިއާރ ކުރުމުގައި ވަރަށް ބޮޑަށް ދަތިވެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންވަނީ ޖެހިފައެވެ. އެމްޕީއެލް ގެ ސީއީއޯ ވިދާޅުވީ އާއްމު ހާލަތުގައި މުޅި ޔާޑްތެރޭގައި އެވަރެޖްކޮށް ގެންގުޅެނީ ގާތްގަނޑަކަށް 1500 ޔުނިޓްކަމަށާއި، ނަމަވެސް މިހާރު ޔާޑުތެރޭގައުތިބި ކޮންޓެއިނާރތަކުގެ އަދަދު 3000 އާއި ހަމައަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. މިހާ ގިނަ އަދަދެއްގެ ކޮންޓެއިނާތައް ހުރުމުން އޮޕްރޭޝަން ތައް ލަސްވެ ދަތިތަކާއި ކުރިމަތިވެ ކޮންޓެއިނާރތައް ހޭންޑްލް ކުރާ އިކުއިޕްމެންޓްތަކަށް ގެއްލުންވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.