އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ދެއްކުން 6 މަހަށް ފަސްކޮށްދިނުމަށް ނިންމައިފި

 ހުށަހަޅާ ފަރާތްތަކަށް 6 މަސްދުވަހަށް ކުލި ފަސްކޮށް ދިނުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، ކުލި ދެއްކުން ފަސްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކަށް 6 މަސްދުވަހަށް ކުލި ފަސްކޮށް ދިނުމުގެ އިތުރަށް މި މުއްދަތުގައު ކުލީ ބިންތަކުގެ އެއްބަސްވުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމަށް ހުށަހަޅާ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ބިމުގެ ކުލި ދެއްކުން ފަސްކުރުމަށް އެދޭ ފަރާތްތައް އަދި ކުލީ ބިންތަކުގެ އެއްބަސްވުމުގައި ބުނެވިދިޔަ މުއްދަތުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދޭ ފަރާތްތަކުން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް 30 ޖޫންގެ ކުރިން މެއިލްގެ ޒަރިއްޔާއިން އެކަން ހުށަހަޅަން ޖެހެއެވެ. މިގޮތަށް ހުށަހަޅާ ހުށަހެޅުމުގައި ސިޓީއަކާއި ކުލީބިމުގެ އެއްބަސްވުމުގެ ކޮޕީއެއް ހިމަނަންޖެހެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ އެކި އެކި ސަރަޙައްދުތަކުން އެކު ފަރާތްތަކަށް ތަފާތު މަސައްކަތްތައް ކުރުމަށް ދޫކޮށްފައެވެ. މީގެ ތެރޭގައި ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ގެސްޓްހައުސްތައް ހިންގުމުގެ އިތުރަށް، މަސްވެރިކަން ކުރުމަށާއި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތައް ވެސް ހިމެނެއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.