ކޯވިޑާ ގުޅިގެން މާލެ ފުރަބަންދުކޮށްފައި އޮތް އޮތުމަށް ލުއިދޭ އިރު ކެފޭ އަދި ރެސްޓޯޜެންޓު އާއްމުންނަށް ނުހުޅެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިޙާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަަލުވުމުގައި ފުރަބަންދަށް ލުއިދޭން ނިންމަވާފައިވާ ކަންތައްތައް ހާމަކުރެއްވިއެވެ.
ކެފޭ ރެސްޓޯރަންޓުތައް އާއްމުކޮށް ހުޅުވާނުލީ ނަމަވެސް އެތަންތަން ޚިދުމަތަށް ހުޅުވާލެވޭނެއެވެ. އެގޮތުން ފުރަތަމަ ހަފްތާގައި ޑެލިވަރީ އަދި ދެވަނަ ހަފްތާގައި ޓޭކްއަވޭ ހެދޭނެއެވެ.
އެގޮތުން ދެ ހަފްތާއަށް ލުއިދޭން ނިންމަވައި ބައެއް ކަހަލަ ކަންކަމަށް ލުއި ދިން ނަމަވެސް އާއްމުން އެއްވެ އުޅޭ ގިނަތަންތަން ހުޅުވުމުގެ ހުއްދައެއް ނުެއްވައެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓުގެ އިތުރުން ޖިމާއި، ސެލޫން އަދި އެއާޕޯޓާއި ރިސޯޓުތައް ވެސް ނުހުޅުވޭނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޕާކާއި ދަތުރުފަތުރު އަދި ކުިޅިވަރު ކުޅުމުގެ ހުއްދަ ވެސް ދީފައި ނުވެއެވެ.
ކެފޭ ރެސްޓޯރަންޓުތައް އާއްމުކޮށް ހުޅުވާނުލީ ނަމަވެސް އެތަންތަން ޚިދުމަތަށް ހުޅުވާލެވޭނެއެވެ. އެގޮތުން ފުރަތަމަ ހަފްތާގައި ޑެލިވަރީ އަދި ދެވަނަ ހަފްތާގައި ޓޭކްއަވޭ ހެދޭނެއެވެ.