ސައޫދީ އަރަބިއްޔާގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި 6 މީހުން މަރުވެއްެޖެ

ސައޫދީ އަރަބިއްޔާގެ ދެކުނުގައި، ޔަމަނު ކައިރީގައި، އޮންނަ ޢަސީރު ޕްރޮވިންސުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި 6 މީހުން މަރުވެ 3 މީހުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ ޚަބަރުފަތުރާ އެޖެންސީ، އެސްޕީއޭއިން ބުނެފިއެެވެ.

އެސްޕީއޭއިން ބުުނި ގޮތުގައި އެހާދިސާ ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ބަޑީގެ ހަމަލާގައި މަރުވެފައި ވަނީ މުޅިން ވެސް ސައޫދީ ރައްޔިތުންނެވެ.

"ސަލާމަތީ ބާރުތަކަށް ރިޕޯޓެއް ލިބުނީ އިއްޔެ، އަންގާރަ ދުވަހު، ހެނދުނު އަލްއަމްވާހު ޑިސްޓްރިކްޓްގައި ބަޔަކު ބަޑިޖަހައިގެން އުޅޭކަމަށް. އެކަމުގެ ނަތީޖާއެއްގެ ގޮތުން އުުމުން 30 އަހަރާއި 40 އަހަރާއި ދެމެދުގެ ސައޫދީ ރައްޔިތުންގެ 6 މީހުން މަރުވެ، އިތުރު ތިން ރައްޔިތުން ވަނީ ޒަަޚަމްވެފައި. އެމީހުން ވަނީ ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައި." އަލްއަސީރު ޕްރޮވިންސުގެ ފުލުހުންގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ޒައިދު މުޙައްމަދު އައްދައްްބާޝް ވިދާޅުވިއެވެ.

ސައޫދީ އޮފިޝަލަކު ނޫސްެވެރިންނަށް ޔަގީންކޮށްދެއްވި ގޮތުގައި "ޖަރީމާގައި ބޭނުންކުރި ހަތިޔާރު" މިހާރު ވަނީ އަތުލެވިފައެވެ.

ސައޫދީ ރަސްމީ ފަރާތްތަކުން މި ހާދިސާގެ ހަގީގަތް ބަޔާންކޮށްފައި ނުވި ނަމަވެސް، މީސްމީޑިޔާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ބަޑި ޖެހުމުގެ ހާދިސާއަކީ ބިމެއްގެ މިލްކުވެރިކަމާމެދު އުފެދުނު ދެބަސްވުމެއްގައި ދެ އާއިލާއެއްގެ ދެމެދުގައި ހިނގި ކަމެކެވެ.

ސައޫދީ އަރަބިއްޔާގައި އަމަލުކުރަމުންދާ އިސްލާމީ ޝަރީއަތުއިގައި ވާގޮތުން މަރުވި މީހާގެ ވާރުތަވެރިން މާފު ނުކުރާނަމަ، ގަސްތުގައި މީހަކު މަރިކަން ސާބިތުވާ މީހެއްގެ އަދަބީ މެރުމެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.