އަންނަ އަހަރަކީ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެވޭނެ އަހަރެއް: ރައީސް ޔާމީން

އަންނަ އަހަރަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެވޭނެ އަހަރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމ ވިދާޅުވެއްޖެއެވެ. މިރޭ (ހޯމަ ދުވަހުގެރޭ) ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހާރުވެސް ތައުލީމީ ދާއިރާއަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ ކަމަށައި، އެހެންނަމަވސް އަންނަ އަހަރު ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ކިޔަވާކުދިންނަށް ދޭ ސްކޮލަރޝިޕަށް ކުރާ ޚަރަދު އިތުރު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2013 ވަނަ އަހަރު އެ މިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތް ހިސާބުން ފެށިގެން 2018 ހޯދުމުގެ މަސައްކަތް ފެށިއްޖެ ކަމަށާއި، އެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށް ދިޔަ ކަމަށާއި، ޕާޓީގައި ރެނދުލީވެސް އެ މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ވަރަށް ހަލުވިކޮށް ދިޔައީ. "މި މަސައްކަތަކީ ވަކި ބޭފުޅަކު ބިސްމި ވިދާޅުވީމާ ފަށަން ޖެހޭ މަސައްކަތެއް ނޫން. ވަކި ބޭފުޅެއްގެ ހުއްދަޔާއެކު ކުރަން ޖެހޭ ކަމެއް ނޫން." އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީއާއެކު ރައްޔިތުން ތިބިކަން ހޮނިހިރު ދުވަހު ފެނިއްޖެ ކަމަށާއި މިތިބީ ތަރައްގީއާއެކުގައޭ ރައްޔިތުން ބުނެފި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އާދައިގެ ރައްޔިތުން ބޭނުން ވަނީ އެ މީހުންގެ ރަށުން ނުވަތަ ރަށާ ކައިރިން ބޭނުންތައް ފުއްދޭނޭ ގޮތް ވާން ކަމަށާއި، މާލޭގެ ސިއްލަންކޮޅުގައި ހިނގާ ކަންތައްތަކަށް އެ މީހުންގެ މާ ބޮޑު ސަމާލުކަމެއް ނޯންނާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.