ކަރަންޓީންގައި ތިބި ބިދޭސީންގެ ބަޔަކު، ސެކިޔުރިޓީ ބަލަހައްޓަންތިބި ފުލުހުންނަށް ހަމަލާދޭން އުޅެފި

ފޮޓޯ: ޕޮލިސް މީޑިއާ

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ، ހުޅުމާލޭ އަމީން ހިޔާގައިތިބި ބިދޭސީންގެ ބަޔަކު އެތަނުގެ ސެކިޔުރިޓީ ބަލަހަށްޓަންތިބި ފުލުހުންނަށް ހަމަލާދޭން އުޅެފިއެވެ. މިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އެތަނުގައި ހިނގި ހަމަނުޖެހުމެއްގައި ތަނުގައި ތިބި ބައެއް މީހުން ތަނުގެ ސެކިޔުރިޓީ ބަލަހަށްޓާ ފުލުހުންނާ ދިމާއަށް ގޮނޑިފަދަ ތަކެތި އުކާފައިވާކަމަށެވެ. މިހަމަ ނުޖހެމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ. އަދި މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ. ނަމަވެސްއެ ތަނުގައި ހިނގީ ކޮންކަހަލަ ކަމަނުޖެހުމެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ހަމަ ނުޖެހުން ހިނގީ މިރޭ 8:50 ހާ އިރުއެވެ. ހިނގި ހަމަނުޖެހުން ވާހަކަދައްކައިގެން ހައްލުކޮށްފައިވާކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.