ބިދޭސީމީހާގެ ސަބަބުން އެހެންމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އިތުރު ނުވާނެ: ޑރ. މުރާދު

ކޮވިޑް-19 އަށް ޕޮޒިޓިވްވިފަހުން ފިލި ބިދޭސީ މީހާގެ ސަބަބުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އިތުރު ނުވާނެކަމަށް ޑރ. މުރާދު ވިދާޅުވެއްޖެއެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވުމަށް ފަހު މި މަހުގެ 13 ވަނަ ދުވަހު ފިލި މި މީހާ އަދިވެސް ފެނިފައިނުވާއިރު، މި މީހާގެ ސަބަބުން އެހެން މީހުންނަށް އޮތް ރިސްކް އިތުރުނުވަނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޑރ. މޫސާ މުރާދު ވިދާޅުވީ މިހާރު އޮތީ ކޮމިއުނިޓީ ޓްރާންސްމިޝަން އެއް ކަމަށާއި، މުޖްތަމައުގައި ޕޮޒިޓިވްވެ އުޅެނީ އޭނާ އެކަނި ނޫން ކަމަށެވެ. އެހެންކަމުން ހަމައެކަނި އޭނަ މުޖުތަމައުގެ ތެރޭގައި ހުރުމަކުން ކޮމއުނިޓީ އަށް ރިސްކް ބޮޑުވެގެން ނުދާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ޗެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ހާލަތުގައި، ޙާއްސަކޮށް މާލޭ ސިޓީގައި އުޅުއްވާ ބޭފުޅުން އުޅެން ޖެހެނީ ކޮންމެ މީހެއްގެ ކިބައިގައިވެސް މި ބަލި ހުރި ކަމަށް ބަލައިގެން ކަމަށެވެ. މަބްރޫކް އިތުރަށް ވިދަޅުވީ ކޮންޓެކްޓުންގެ އަދަދާއި ބަލި ފެތުރޭ މިންވަރު މިހާބޮޑަށް ދަށް ކުރެވިފައިވަނީ އެގޮތަށް ބަލައިގެން މީހުން މަސައްކަތް ކުރާތީ ކަމަށެވެ. އެމީހާ ނުފެނި ގިނަ ދުވަސްތަކެއް ވެފައިވާއިރު އޭނާގެ މައުލޫމާތު އާއްމު ނުކުރާތީ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އެމީހާ ޑިރެކްޓާރ ޖެނެރަލް އަދިވެސް ލަފާދެއްވަނީ ފުލުހުން އޭނާ ހޯދުމުގައި އުޅުމަށް ކަމަށެވެ. 



ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.