އާދީއްތަ ދުވަހަކީ ޢީދު: ވިދިވިދިގެން 30 ދުވަހުގެ 2 މަސް

24 މޭ ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން އިން ކަނޑައަޅުއްވައިފިއެވެ.  

އެ މިނިސްޓްރީއިން މިގޮތަށް ކަނޑައެޅުއްވީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ އާއި އިސްލާމީ އެއްެވސް ގައުމަކަށް ވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނު ކަމުގެ އިތުބަރު ހުރި މައުލޫމާތު ލިބިފަިއނުވާތީއެވެ.

އާދީއްތަ ދުވަހަކީ އީދު ދުވަސްކަމަށް ނިންމެވުމުން މާދަމާ އަކީ ޝައްވާލު މަހުގެ 30 ވަނަ ދުވަހެވެ. އާއްމުގޮތެއްގައި ހިޖުރީ ކަލަންޑަރުގެ ދެ މަހެއްގައި ވިދިވިދިގެން ތިރީސް ދުވަސް ނާދެއެވެ. ނަމަވެސް މިއަހަރުގެ ޝަޢުބާން މަހާއި ރަމަޟާން މަސް ވެސް މިވީ ތިރީސް ދުވަހުގެ ދެ މަހަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.