ޚަރަދު ކުޑަކުރުމަށް އިސްކަންދީ ވުޒާރާތަކާއި ކުންފުނިތަކުގެ ބަޖެޓް އަލުން އެކުލަވާލާ: ކޮމެޓީ ރިޕޯރޓް

ޚަރަދު ކުޑަކުރުމަށް އިސްކަންދީ ވުޒާރާތަކާއި ކުންފުނިތަކުގެ ބަޖެޓް އަލުން އެކުލަވާލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯރޓްގައި ހުށަހަޅުއްވައިފިއެވެ. 

ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކަށް މަޖިލީހުން ދެއްވާ ލަފާގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންދެއްވާ ލަފާތަކުގެ ތެރޭގައި ހަތް ހުށަހެޅުމެއް ފާހަގަ ކޮށްފައި ވެއެވެ. އެކޮމެޓީ ރިޕޯރޓް އިއްޔެވަނީ މަޖިލީހުން ފާސްކުރައްވައިފައެވެ. 

"ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އިސްކަންދީ، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ފާހަގަކޮށް، އެ އާ އެއްގޮތަށް މިނިސްޓްރީތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބަޖެޓް އަލުން އެކުލަވާލުން" ކޮމެޓީގެ ހަތްވަނަ ހުށަހެޅުމެއްގެ ގޮތުގައި ރިޕޯރޓްގައި ފާހަގަ ކޮށްފައިވެއެވެ. 

ކޮވިޑާ ގުޅިގެން ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ދައުލަތުގެ މުސާރަތަކަށް ވެސް ވަނީ ބަދަލު ގެނެސް ފައެވެ. އެގޮތުން 

20 ހާސް ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިގެ އޮނިގަޑަށް ވަނިބަދަލު ގެނެސްފައެވެ. ސަރުކާރު ޙިއްސާ ވާ ކުންފުނިތަކުގެ އެމްޑީނާއި ޑީއެމްޑީންގެ  މުސާރައިންވެސް 32 އިންސައްތަ އުނިކުރުމަށް ވަނީ ނިންމައިފައެވެ. އަދި ކުރިއަށްދާ މަޝަރޫޢުތައް ފިޔަވައި އެހެން މަޝްރުޢުތައް ވެސް ވަނީ ހުއްޓާލައިފައެވެ. 

ހަމަ އެއާއެކު ކުރުރާސްތާގައި ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް މަރުކަޒީ ބޭންކުން ފައިސާނެގޭނެ މިންވަރު އިތުރުކުރުމަށް ދާދި ފަހުން މަޖިލީހުން ވަނީ ރުހުން ދީފައެވެ. ސަރުކާރުން އެދިފައި ވަނީ އިންޓަރެސްޓެއް ނެތި އެއް އަހަރު ދުވަހުގެ މުއްދަތަށް 4.4 ބިލިއަން ރުފިޔާއާ ހަމައަށް މަރުކަޒީ ބޭންކުން ފައިސާ ނެގުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.