ބީއެމްއެލްއިން 83 ފަރާތަކަށް, އެސްޑީއެފްސީއިން 76 ފަރާތަކަށް ލޯނު ދޫކޮށްފި

 ރިލީފް ޕެކޭޖެގެ ދަށުން ބީއެމްއެލް އިން 83 ފަރާތަކަށް 109.6 މިލިއަން ރުފިޔަގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓާގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުއްގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ ބީއެމްއެލް އަށް ލޯނަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން 111 ފަރާތްތަކެއް ވަނީ އެޕްރޫވްކޮށްފައި ކަމަށެވެ. އަދި 103 ފަރާތެށް ވަނީ ރިޖެކްޓްކޮށްފައެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އެސްޑީއެފްސީ އިން ދޫކޮށްފައިވަނީ 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު ކަމަށެވެ. އަދި އެސްޑީއެފްސީގައި ލޯނަށް އެދުނު ފަރާތްތަކުގެ ތެރެއިން 380 ފަރާތެއްގެ ލޯނު ވަނީ އެޕްރޫވްކުރެވިފައި ކަމަށާއި އެއީ 72 މިލިއަން ރުފިޔާގެ ލޯނުކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވިގޮތުގައި އެސްއެމްއީ އިން ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000 ރުފިޔާގެ ލޯނު އެހީ މިހާރު 30،000 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. 

ބީއެމްއެލް އަދި އެސްޑީއެފަސީއިންދޭ  ލޯނު ސްކީމްގައި މުވައްޒަފުން ކަނޑާފައިވާ ކުންފުނިތަކާއި ނޯޕޭ ލީވް ނަގަން މުވައްޒަފުންނަށް މަޖްބޫރު ކޮށްފައިވާ ކުންފުނިތައް ހިމެނޭ ކަމަށާއި މިފަދަ ފަރާތްތަކަކީ ޝަރުތު ހަމަވާ ފަރަތްތަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިއީ އެންމެންނަށްވެސް ދަތި ހާލަތަކަށް ވެފައިވާތީ، އެފަރާތްތަކުން އެ ނިންމުން އަނބުރާ ގެންގޮސް ކޮންމެ މުވައްޒަފަކަށް މަދުވެގެން 5000 ރުފިޔާ ދޭން އެއްބަސްވެއްޖެނަމަ އެމީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅައި ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.