ކޮވިޑް- 19: ބަލިމަޑުކަން ނިމުމަކަށް ގެނެވިފައިވާކަން އިއުލާން ކުރި ޔޫރަޕުގެ ފުރަތަމަ ގައުމަކަށް ސްލޮވީނިޔާ

އިޓަލީއައި ސްލޮވީނިޔާ ގުޅޭ ސަރަހައްދީ ރޮނގު ބަންދުކޮށްފައި

ދުނިޔޭގަ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ގެ ބަލިމަޑުކަން ނިމުމަކަށް ގެނެވިފައިވާކަން ސްލޮވީނިޔާއިން އިއުލާންކޮށްފިއެެެވެ. މިއީ، މިފަދައިން އިއުލާންކުރި ޔޫރަޕުގެ ފުރަތަމަ ގައުމެވެ. އެ ގައުމުން މިގޮތަށް ނިންމާފައިވަނީ ފާއިތުވި ދެ ހަފުތާގައި އަލަށް ޕޮޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކު ހަތް މީހުންނަށްވު އިތުރުވެފައި ނުވާތީއެވެ.

"ދެ މަސް ފާއިތުވުމަށް ފަހު ސްލޮވީނިޔާއިން މިވަނީ ބަލި މައިތިރިކޮށްފައި. ބަޑިލަމުޑުކަން ކޮންޓުރޯލުމުކުރުމުގެ އެންމެ ރީތި ސޫރައެއް ޔޫރަޕްގައި ފެންނަން މިއޮތީ ސްލޮވީނިޔާއިން." ބޮޑުވަޒީރު ޖަނޭޒް ޖަންޝާ ވިދާޅުވިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޔޫރަޕިއަން (އީޔޫ) ގެ ގައުމުތަކުން ސްލޮވީނިޔާއަށް އަންނަ މީހުން މިހާރު ކަރަންޓީނުގައި ތިބޭކަށް ނުޖެހޭނެއެވެ. އެޕްރީލް މަހުއްސުރެ އެގައުމުން އަމަލުކުރުމުން އައި ގޮތަކީ އެގޮތަށް އަންނަ މީހުން މަދުވެގެން 7 ދުވަހަށް ކަރަންޓީނުކުރުމެެވެ.

މިހާރުވެސް، އީޔޫއިން ބޭރު ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވާއިރު، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެއެވެ.

މާރިޗު 12 ގައި ސްލޮވީނިޔާއިން ކޮވިޑް- 19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނުނު ފަހުން އެގައުމުގެ 1464 މީހަކު މި ބައްޔަށް ޕޮޒިޓިިވްވެ 103 މީހަކު މަރުވެފައި ވެއެވެ. 2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްލޮވީނިޔާ އަކީ އިޓަލީ، އޮސްޓްރިޔާ، ހަންގޭރީ އަދި ކްރޮއޭޝިޔާާއާއި ސަރަހައްދީ ރޮނގު ގުޅޭ ގައުމެކެވެ.

ސޮލޮވީނިޔާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ބުނެފައިވާ ގޮތުގައި ވައިރަސް ކޮންޓުރޯލުކުރެވިފައިވާ ކަމުގެ ހުރިހާ ނިޝާނެއް މިހާރު ދަނީ ފެންނަމުންނެވެ. ފާއިތުވި 14 ދުވަހުތެރޭގައި އެގައުމުން އަލަށް މި ބަލި ޖެހިފައި ވަނީ 35 މީހުންންނަށެވެ.

ސަރުކާރުން ބުނި ގޮތުގައި ކޮވިޑް- 19 އަލާމާތްތައް ފެންނަ ބިދޭސީންނަށް އެ ގައުމަށް ވަނުމުގެ ހުއްދަނުދެވޭނެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.