މިހާރު ފެންނަ ކޭސްތަކުގެ އަދަދާއި އެޑްމިޓްކުރެވޭ މީހުންގެ އަދަދަށް ބަލާފައި، އަންނާނެ ކަމަށް ލަފާކުރެވުނު ވަރުގެ ސާޖްއެށް އަދި ނާންނަކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓާރގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ އަފްޒަލް ވިދާޅުވެއްޖެއެވެ. ނަމަވެސް އަދި ސާރޖް އަންނާނެ ކަމަށް ލަފާކުރެވުނު މުއްދަތު ހަމަނުވާތީ ނަންބަރުތައް މަދުކަމުގައިވިޔަސް އަދި ހަމަޖެހެވެން ނެތް ކަމަށް ޑރ އަފްޒަލް ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ވެސް ސާރޖްގެ ޕީކް މަތިވެވުނަ ނުދިނުމަށްޓަކައި ފުރަބަންދުގެ ހާލަތު ކުރިޔަށް ގެންދާނެކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.
ޑރ އަފްޒަލް އިތުރަށް ވިދާޅުވިގޮތުގައި ސާޖްގެ ޕީކް ދަށްކުރެވޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ފުރަބަންދު ކުރުން ކަމަށާއި، މިހާރު ފުރަބަންދަށް އިތުރުކުރެވުނު މުއްދަތުގެ ސަބަބުން ސާޖްގެ ނަންބަރުތައް ފެންނަލެއް މަދުވުމަކީ އެކަށީގެންވާ ކަމެށް ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ފުރަބަންދުގެ މުއްދަތު އިތުރުވާ ވަރަކަށް ފުރަބަންދުގެ ހާލަތަށް އާއްމުން ހޭނި ދިރިއުޅުމުގެ ވައްޓަފަޅިވެސް ކޮންމެވެސް ވަރަކަށް ބަދަލުވެގެންދާތަން ފެނިގެންދާ ކަމަށާއި ސާރޖް ނުފެނި އަދި ދަނީ މި ސަބަބުތަކާއި ހެދި ކަމަށް ވުމަކީ އެކަށީގެންވާ ކަމެށް ކަމަށްވެސް ޑރ އަފްޒަލް ވިދާޅުވިއެވެ. އަދި ސާޖް އަޔަސް އަންނާނި ވަރަށް ކުޑަ ސާރޖްއެށް ކަމަށް އުއްމީދުކުރާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ޓެސްޓިންގް ކެޕޭސިޓީ ދަށްވުމާއި ގުޅިގެން، ސާރޖް އަތުވެގެން އުޅޭކަން ނޭނގި ހިނގައިދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ އަފްޒަލް ވިދާޅުވި ގޮތުގައި ސާރޖް އަތުވެގެން އުޅޭކަން އެނގޭނެ ބައިވަރު ގޮތްތައް ހުންނަކަމަށެވެ. މިގޮތުން ސަރޮގޭޓް އިންޑިކޭޓާސް ކަމަށްވާ ފްލޫ ކޮލިނިކް ތަކަށް އަންނަ މީހުންގެ އަދަދު އިތުރުވުމާއި، އެޑްމިޓްކުރެވޭ މީހުންގެ ނިސްބަތް އިތުރުވުމުން ސާރޖް އައިކަން އިނގޭނެއެވެ. ނަމަވެސް ސާރޖް އެށް އައިކަން ކަށަވަރުކުރެވޭނީ ޓެސްޓު ހެދުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ކޭސްތައް ސާރޖްއާއި ގުޅިގެން އިތުރުވާނަމަ، ޓެސްޓިން ކެޕޭސިޓީ އިތުރު ވާނެކަމަށް އުއްމީދުކުރާކަމަށް ޑޮކްޓަރު ވިދާޅުވެފައެވެ.
ޑރ އަފްޒަލް އިތުރަށް ވިދާޅުވި ގޮތުގައި "ހާރޑް އިމިއުނިޓީ" އިން ޤައުމަކަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ދެގޮތަކަށް ކަމަށެވެ. އެއްގޮތަކީ ވެކްސިނެއް އޮތް ބައްޔެށް ނަމަ ޤައުމުގެ އާބާދީގެ ނިސްބަތުން ބޮޑު ބަޔަކަށް ނުވަތަ ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ދިނުމެވެ. އަނެއް ގޮތަކީ ކޯވިޑް-19 ކަހަލަ ފަސޭހައިން ފެތުރޭ ބައްޔެށް ނަމަ ޤައުމުގެ އާބާދީގެ ބޮޑު ބަޔަކަށް އެބަލި ޖެހުމުވެ. އެހެންކަމުން ކޯވިޑް-19 އަށް ވެކްސިންއެށް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވިއެވެ