ކޮވިޑް- 19: އެފްރިކާގައި ކޮރޯނާ ވައިރަސް ނުފެނި އޮތް ހަމައެކަނި ގައުމުން ވެސް ވައިރަސް ފެނިިއްޖެ

ސައޫދީ އަރަބިއްޔާއި އިން ވަނީ އީދު ބަންދުގައި ކާފިއު ހިންގަން ނިންމާފައި

ލެސޯތޯގެ މަންޒަރެއް

ކޮވިޑް- 19 ޖައްސާ ނޮވެލް ކޮރޯނާ ވައިރަސް ނުފެންނި އެފްރިކާ ބައްރުގައި މިހާތަނަށް އެޮތް ހަމައެކަނި ގައުމަކީ ލެސޯތޯއެެވެ. މިއަދު އެ ގައުމުންވެސް ވަނީ ނޮވެލް ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައެވެ. މިއާއެކު އެފްރިކާގެ ހުރިހާ ގައުމަކުން (54 ގައުމުން) ކޮރޯނާ ވައިރަސް ފެނުނީއެވެ.

ހެލްތު މިނިސްޓަރު އިންކާކޫ ކާބީ ވިދާޅުވިގޮތުގައި އެންމެ ފަހުން ދެކުނު އެފްރިކާއަށް ފޮނުވައިގެން ޓެސްޓުކުރި ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

9 މޭ 2020 ގައި ދެކުނު އެފްރިކާއާއިި ސަައޫދީ އަރަބިއްޔާއިން އެނބުރިއައި 81 މީހެއްގެ ސާމްޕަލް މިނިސްޓްރީން ނެގި. 11 މޭ 2020 ގައި މި ސާމްޕަލްތައް ރިޕަބްލިކް އޮފް ސައުތު އެފްރިކާގެ އެންއައިސީޑީއަށް ފޮނުވުނު. ނަތީޖާތައް ލިބުނީ 12 މޭ 2020 ގައި. އެެއް ސާމްޕަލް ޕޮޒިޓިވް ވީއިރު، 80 ސާމްޕަލެެއްގެ ނަތީޖާ ކޮވިޑް- 19 އަށް ނެގެޓިވް." ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވިއިރު، ޕޮޒިޓިވް މީހާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވިނަމަވެސް، އޭނާ މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އެފްރިކާ ބައްރުގައި ކޮވިޑް-19 ފެތުރެނީ ލަސްލަހުން ނަމަވެސް، ބަލިޖެހޭ މީހުންގެ އަަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންެނެެވެ. އެފްރިކަން ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ހާމަކުރި ގޮތުގައި އެފްރިކާގައި މިހާތަނަށް 69 ހާހަށްވުރެ ގިނަ މީހުންން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި 2400 މީހުން ވަނީ މަރުވެފައެވެ.

2 މިލިއަނެއްހާ މީހުންގެ އާބާދީއެެއް އޮންނަ ލެސޯތޯ އަކީ ދެކުނު އެފްރިކާގެ މެދުގައި އޮންނަ މިނިވަން ގައުމެކެވެ.

ކޮވިޑް- 19 އާ ގުޅުންހުރި އެހެން ޚަބަރަކަށް ބަލާއިރު، ސައޫދީ އަރަބިއްޔާއިން ވަނީ އަންނަ އީދު ބަންދުގެ ތެރޭގައި އެގައުމުގައި ކާފިއު ހިންގަން ނިންމާފައިވާކަން އިއުލާންކޮށްފައެެވެ. މި ކާފިއު ފަސް ދުވަހަށް ދެމިގެން ދާނެއެވެ. އަރަބި ގައުމުތަކުގެ ތެރެއިން ކޮވިޑް- 19 ޖެހިފައިވާ މީހުން އެންމެ ގިނައީ ސައޫދީ އަަރަބިއްޔާގައެވެ. އެގައުމުގައި 42900 މީހުންނަށް މި ބަލި ޖެހިފައި ވާއިރު، މި ބަލީގައި 264 މީހުން ވަނީ މަރުވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.