އިންޑިއާގައި ތިބި ރާއްޖޭގެ 234 ދިވެއްސަކު މާދަމާ މާލެ އަންނާނެ

އިންޑިއާގައި ތިބި 234 ދިވެއްސަކު މާދަމާ ރާއްޖެ އަންނާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓާރ(އެން.އީ.އޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވެއްޖެއެވެ. އެމީހުން އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރުގެ ވަގުތު މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ. މާލެ އައުމަށްފަހު ހުރިހާ ބޭފުޅުންވެސް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަރަންޓީން ފެސިލިޓީތަކަށެވެ. އެމީހުން ރަށައް ގެންދެވޭނީ ކަރަންޓީން ފެސިލިޓީގައި 14 ދުވަސް ހޭދަކުރުމަށްފަހު އެމީހުންގެ ސާމްޕަލް ނެގެޓިވްވުމުންނެވެ. 

މީގެއިތުރުންމާލެ ލޮކްޑައުންކުރުމާއި ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން ރަށަށް ދިޔުމަށް ކަރަންޓީނު ފެސިލިޓީތަކަށް 323 މީހަކުވަނީ ގެންދެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުން އެތަންތަނުގައި 14 ދުވަސް ހަމަކުރުމަށްފަހު ޓެސްޓުކޮށް ނަތީޖާ ނެގަޓިވްވުމުން ރަށައް ދެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަހުރިވަރަކުން އިތުރު މީހުން ގެންދިޔުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. 

ކޯވިޑް -19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ 3 ތަނެއް ވަނީ އަނބުރާ އާއްމު ހާލަތަށް ގެނެސްފައެވެ. އެއީ އައްޑޫ ސިޓީއާއި، ށ.މާއުގޫދޫ އަދި ކާވިޔާ ބޯޓެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.