ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ބަލިމަޑުކަމުގައި ދެކުނު އިންޑިއާ ކަނޑުގެ ޤައުމުތަކަށް ބޭނުންވާނެ ކާބޯތަކެއްޗާއި، ބޭހާއި މެޑިކަލް ޓީމްތައް ފޯރުކޮށްދިނުމަށް އިންޑިއާގެ އަސްކަރީ ބޯޓެއް ދަތުރުފަށައިފިއެވެ. އައިއެންއެސް ކެސަރީ ގެ ނަމުން ނަންދިފައިވާ އިންޑިއާގެ މި އަސްކަރީ ބޯޓުގައިރާއްޖެއަށް 600 ޓަނުގެ ކާބޯތަކެތި ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރސް އިން ވިދާޅުވިއެވެ. ކާބޯތަކެތިގެ އިތުރަށް ކޮރޯނާ ވައިރަސް އިމަޖެންސީގައި ރާއްޖޭގެ ސަރުކާރަށް އެހީވުމަށް ހާއްސަ ސިއްޙީ ފަންނުވެރިން ރާއްޖެއަށް ފޮނުވާފައިވާ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރސް އިން ނެރުނު ބަޔަނެއްގައި ވެއެވެ. ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ހަނޑުލާއި، ފުށާއި ހަކުރާއި މުގު،އަލުވި އަދި ފިޔަލެވެ.އެއީ-:
- 200 މެގަޓަން ހަނޑޫ
- 140 މެގަ ޓަން ފުށް
- 80 މެގަ ޓަން ހަކުރު
- 120 މެގަ ޓަން ރީނދޫ މުގު
- 26 މެގަ ޓަން ފިޔާ
- 14 މެގަ ޓަން އަލުވި
މި ބޯޓުގައި ތިބި ބޭސްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މައުރިޝަސް އާއި މަޑަގަސްކާރގެ އިތުރުން ކޮމޮރޯސް އާއި ސީޝެލްސް އަށެވެ. މިީގެތެރޭގައި ހިމެނެނީ މަޑަގަސްކާރ އަދި ކޮމޮރޯސް އަށްފޮނުވާ ހައިޑްރޮކްސިކްލޮރޮކުއިން ޓެބްލެޓްތަކާއި މައުރިޝަސްއަށް ހާއްސަކޮށްގެން ފޮނުވާފައިވާ ފަތްޕިލާވެލީގެ ބޭސްތަކެވެ. ރާއްޖޭގައި ތިބި އިންޑިއާގެ 698 ރައްޔިތުންނާއިގެން އެހެން މަނަވަރެށް އިއްޔެ ވަނީ ނައްޓާފައެވެ. އަދި މި މަނަވަރުވަނި މިއަދުގެ ހެނދުނުގެ ވަގުތެއްަގައި ކޮޗިންގެ ބަނދަރާއި ކައިރިކޮށްފައެވެ.