ބިގް ޒީ އެންޓަރޓެއިންމަންޓް އެވޯޑު 2017 އުޅްތާ ޕަންޖާބުގެ ދެ ތަރީންނަށް

"ހަ ވަނަ ބިގް ޒީ އެންޓަރޓެއިންމަންޓް އެވޯޑް 2017" ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގައި ބާއްވައިފިއެވެ. މި ހަފްލާގައި ސަލްމާން ޚާނާއި، އާލިއާ ބާޓް އާއި، ޝާހިދު ކަޕޫރު އަދި ކާޖޮލް ފަދަ މަޝްހޫރު ތަރީން ބައިވެރިވިއެވެ.

މިއަހަރުގެ އިނާމު ހަފްލާ ހުށަހަޅައިދިނީ ކަރަން ޖޯހަރް އެވެ. އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ ޝާހިދު ކަޕޫރެވެ. އަންހެން ތަރިއަކަށް އާލިއާ ބަޓެވެ. މި ދެތަރީންނަށް އިނާމު ލިބިފައިވަނީ އުޅުތާ ޕަންޖާބުގައި އަދާކޮށްފައިވާ ރޯލަށެވެ. މިފިލްމުގައި ކުޅެފައިވާ ރޯލަށް މިދެތަރީންނަށް ވަނީ ދާދި ފަހުން އައިފާ އެވޯޑްވެސް ލިބިފައެވެ.

މިއަހަރުގެ ޒީ އެންޓަރޓެއިންމަންޓް އެވޯޑް ހަފްލާވީ އަމީތާބް ބައްޗަންގެ އާއިލާއަށް ވެސް ޚާއްޞަ ހަފްލާއަކަށެވެ. އަމީތާބްގެ އާއިލާއަށް ތިން އިނާމެއް ލިބުނެވެ. ޕިންކު ގައި ކުޅެފައިވާ ރޯލަށް މުނިފޫހި ފިލުވަިއދިނުމުގެ ޑްރާމާގެ ބައިން އެންމެ މޮޅު ފިރިހެން ބަތަލުގެ އިނާމު ލބުނީ އަމީތާބް އަށެވެ. މުނިފޫހި ފިލުވައިދިނުމުގެ ކޮމެޑީ ބައިން އެންމެ މޮޅު ފިރިހެން ތަރީގެ އިނާމު ލިބުނީ އަބީޝެކް ބައްޗަން އަށެވެ. އެއީ ހައުސްފުލް 3 ގައި އޭނާ ކުޅެފައިވާ ރޯލަށެވެ. އަދި މުނިފޫހި ފިލުވައިދިނުމުގެ ޑްރާމާގެ ބައިން އެންމެ މޮޅު އަންހެން އެކްޓަރުގެ އިނާމު ލިބުނީ އައިޝްވާރްޔާ އަށެވެ. އޭނާއަށް މި އިނާމު ލިބުނީ "ސަރްބްޖީތު" ގައި އެނާ ކުޅެފައިވާ ރޯލަށެވެ.

މިހަފްލާގައި ޓައިގަރ ޝްރޮފް އަށް ދެ އިނާމެއް ލިބުނެވެ. އެއީ "ބާޣީ" ގައި ކުޅެފައިވާ ރޯލަށް އެންމެ މޮޅު އެކްޝަން ހީރޯގެ އިނާމާއި، "ބީޓް ޕެ ބޫޓީ" ގައި ކުޅެފައިވާ ރޯލަށް އެންމެ މޮޅު މުނިފޫހިފިލުވައިދޭ ނެށުންތެރިޔާގެ އިނާމެވެ.

އަނޫޕަމް ޚޭރް އަށް ވަނީ "ހިޓް ދަ ހިޓް ރަހެނގޭ" ކިޔާ ބަޔަކުން އިނާމު ލިބިފައެވެ. އިނާމު ލިބުމުން އަނޫޕަމް ވަނީ މި އިނާމަކީ ލައިފްޓައިމް އެޗީވްމަންޓަށް ވުރެ ރަނގަޅު އިނާމެއް ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

ކޮމެޑީ ފިލްމްގެ އެންމެ މޮޅު އަންހެން ތަރީގެ ބައިން އިނާމު ލިބުނީ ސްވަރާ ބަސްކަރް އަށެވެ. މި އިނާމު އެނާ އަށް ލިބުނީ "ނީލް ބައްޓޭ ސަންނާޓާ" ގައި އޭނާ ކުޅެފައިވާ ރޯލަށެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.