ލަފާކުރާގޮތުގައި ގޮތުގައި ޕީކުދުވަހު 1600 މީހުންނަށް ކޮވިޑް ޖެހިދާނެ

 ޕީކްދުވަހު  1600 މީހުންނަށް ކޮވިޑު ޖެހިދާނެކަމަށް ލަފާކުރެވޭ ކަމުގައި  ޑރ ޝީނާ މޫސާ ވިދާޅުވެއްޖެއެވެ. އެންއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ ޕީކްއަށް ދާނެކަމަށް ލަފާކުރެވެނީ މޭއި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

"މިއީ ޕީކްގެ ތެރޭގައި އަޅުގަނޑުމެން ޕްރޮޖެކްޓް ކުރާ ގޮތް. ޕީކްގެ 14 ދުވަހުގެ ތެރޭގައި، އެއީ މެއި 15 އިން 30 މެއިގެ ނިޔަލަށް ޕީކް ކަމަށް. މި ބަލަނީ 6000 މީހުންނަށް ބަލި ޖެހޭނެކަމަށް. މީގެ އިތުރުން ޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރާނެ ކަމަށް، މީގެ އިތުރުން އައިސީޔޫގައި ޕީކްގައި 101 މީހަކު، އަދި މި ބަލީގައި ޖުމްލަ 5600 މީހުން އެޑްމިޓްކުރާނެ ކަމަށް ބެލެވޭ." ޑރ ޝީނާ ވިދާޅުވިއެވެ.

ޑރ ޝީނާ ލަފާކުރައްވާ ގޮތުގައި ރާއްޖެއިން 77000 އަށް ވުރެ ގިނަ މީހުންނަށް މި ބަލިޖެހޭނެއެވެ. އަދި ޕީކް ދުވަސް މޭއި 31ގައި 1600 މީހުން މި ބަލިޖެހެނެއެވެ. ނަމަވެސް ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ ހުރިގޮތުން މި ބަލި ފެންނާނީ އެންމެ 300 އެއްހާ މީހުންގެ ކިބައިންނެވެ.ޑރ ޝީނާ ވިދާޅުވިގޮތުގައި ޓެސްޓުނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އެއީ ވަރަށް ބޮޑު ރިސްކެކެވެ. އެއީ މިގޮތަށްވާ ނަމަ ބަލިމީހާ ހޮސްޕިޓލަށް ގެންދެވޭއިރު ބަލިމީހާގެ ހާލުވާނީ ވަރަށް ބޮޑުވެފައެވެ. އަދި ޓެސްޓުކުރާ އެއްޗެހި ލިބުމުގައި ގިން ދަތިތަކެއް ހުރިކަމަށާއި  ޓެސްޓުކުރެވެން ނެތުމުން ސައިލެންޓުކޮށް މި ބަލި ފެތުރޭކަމެވެ. މިކަމާއި ގުޅިގެން އެންއޯއީސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ޓެސްޓިންގް އެއްޗެހި ހޯދަން އިސްކަން ނުދެނީނޫން ކަމަށާއި ނަމަވެސް ރައްޖެ ކަހަލަ ޤައުމަކަށް މިކަހަލަ އެއްޗެހި ހޯދަން ވަނީ އުދަގޫވެފައި ކަމަށާއި  އެތަކެތި ލިބެންހުރި ބަޔަކު ތިބިނަމަ އެބައެއްގެ ފަރާތުން އެތަކެތި ގަންނަން ތައްޔާރަށް ތިބިކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.މަބްރޫކް ވިދާޅުވިގޮތުގައި މިހާރު ދުވާލަކު ޓެސްޓުކުރެވެނީ  400-350  ވަރަކަށް ސާމްޕްލް އެވެ.

ޑރ ޝީނާ ވިދާޅުވިގޮތުގައި ކުރިޔަށް އޮތް ދެތިން ހަފްތާ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެއެވެ.މީގެ ތެރެއިން ގިނަ ކޭސްތައް ފެންނާނީ މަސައްކަތުގެ ގޮތުން ނުވަތަ މާލޭގައި އުޅެންޖެހިފައިވާ ގޮތުން އެއްތަނެއްގައި ގިނަ ބަޔަކުއުޅޭ މީހުންގެ ފަރާތުންނެވެ. މި މަހުގެ ސާރޖް ދަށް ކުރެވިއްޖެނަމަ މިބަލި ދެން ފެންނަން ފަށާނީ ދިވެހިންގެ ގޭބީސީތަކުންނެވެ.  އެއީ އެއްތަނެއްގައި ދިރިއުޅޭ މީހުންގެ ރަނގަޅުވުމަށްފަހުގައެވެ. ދިވެހިންގެ ގޭބީސީތަކަށް މިބަލި ފެތުރޭނީ ސާރވިސްއަށް ނުކުމެ އުޅޭ އެއްތަނެއްގައި ތޮއްޖެހިގެން އުޅޭ މީހުންގެ ފަރާތުންނެވެ. އެހެންކަމުން މިމަހުގެ ތެރޭގައި ބަލައިގެން ނޫޅޭނަމަ މިއަދަދުތައް ވަރަށް ބޮޑަށް އިތުރުވާނެއެވެ. އަދި ޖޫންގައި ފެންނަ ކޭސްތަކުގެ އަދަދުވެސް އިތުރު ވާނެއެވެ. ޑރ އިތުރަށް ވިދާޅުވި ގޮތުގައި ޕީކްއަށް އަންނަ ދުވަސްވަރަކީ ރޯދަމަސް ނިމި ފިތުރު އީދު ހިސާބެވެ. މިދުވަސްވަރަކީ އާއްމުކޮށް އެންމެން އެކީގައި ހޭދަކޮށް ބާޒާރުކޮށްއުޅޭ  ދުވަސްވަރަކަށްވީ ނަމަވެސް މިދުވަސްވަރު ފަރުވާތެރިވުމަކީ މުހިއްމުކަމެކެވެ. އޭރުން މިމަހު ފެންނަ ކޭސްތައް މަދުކުރެވި ގޭބިސީތަކުން ފެންނަ މިންވަރު މަދުކުރެވޭނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 648 ކަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 216 ދިވެހިންނާއި 432 ބިދޭސީންނެވެ. ކޮވިޑް-19 އަށް ރާއްޖޭގައި ފަރުވާކުރަމުންދަނީ 618 މީހަކަށެވެ. ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ 2 ރަށެއްވަނީ  އާއްމު ހާލަތަށް ގެނެސްފައެެވެ.އެއީ ށ ފީވަތް؟ އަދި ށ ފޮަނަދޫއެވެ. އައިސޮލޭޝަނގައި ތިބި މީހުންގެ އަދަދަކީ 533 މީހުންނެވެ. ކަރަންޓީނުގައި ތިބި މީހުންގެ އަދަދަކީ 1774 އެވެ. މީގެ ތެރެއިން 42 މީހަކު ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށް ނެގަޓިވްވުމުގެ ސަބަބުން ދޫކޮށްފައެވެ.އަދި ދޫކުރުމަށްޓަކައި އިތުރު 104 ސާމްޕަލް މިއަދުވަނީ ނަގާފައެވެ.ޑރ އަފްޒަލް ވިދާޅުވިގޮތުގައި ރާއްޖެއިން ފެންނަ ގިނަ ކޭސްތަކަކީ ސިމްޕްޓޮމަޓިކް ކޭސްތަކެވެ. އަދި ބަލިޖެހުނު މީހުންގެ އުމުރަކީ 18 އަހަރާއި 66 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެތެރެއިން ވެސް ގިނަ މީހުންނަކީ ޒުވާނުންކަމަށް ޑރ އަފްޒަލް ފާހަނގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.