އައްނަބީލާ އަމިނާގެ ހަދާނުގައި ރައްޔިތުންގެ މަޖިލީހުން އޮންލައިން ތައުޒިޔާ ދަފުތަރެއް ހުޅުވައިލައިފި

ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އޮންލައިން ތައުޒިޔާ ދަފުތަރެއް ހުޅުވާލައްވައިފިއެވެ.  

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވާރަވިންކަން އިޢްލާން ކުރައްވަމުން، މަޖިލީހުގެ ރައީސް، ކުރީގެ މުޙައްމަދު ނަޝީދު ވަނީ އެކަމާނާގެ ހަނދާނުގައި އޮންލައިން ދަފްތަރެއް ހުޅުވާލައްވާނެކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އިދާރާއިން ކުރި ޓުވީޓެއްގައި ވަނީ ތައުޒިޔާގެ ދަފްތަރު ހުޅުވާލައި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވާން ބޭނުންވާ މީހުންނަށް އެފުރުޞަތު ހުޅުވައިލައްވައިފައެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައެވެ. އެކަމަނާ ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން 23 ފެބްރުއަރީ 1980 ވަނަ އިން 15 ޖެނުއަރީ 1989 ވަނަ އަހަރާ ހަމައަށް އަދާ ކުރެއްވިއެވެ.

އަމީނާ އަވަހާރަވީ ގިނަ ދުވަސްތަކެއްވަން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަ ވީއުރު ޢުމުރު ފުޅަކީ 83 އަހަރުފުޅެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.