ކޮވިޑް- 19: ޔޫރަޕުން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިނގިރޭސިވިލާތް

ލަންޑަަނުގެ ޕިކާޑިލީ ސާކަސް ބަޔަކު ނެތި ހުސްވެފައި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ޖެހިގެން ޔޫރަޕުން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިނގިރޭސިވިލާތް ވެއްޖެއެވެ. އެންމެ ފަހުން ހާމަކުރިން އަދަދުތަކުން އެނގޭ ގޮތުގައި އެ ގައުމުގައި ކޮވިޑް- 19 ޖެހިގެން މަރުވި މީހުންގެ އަދަަދު ވަނީ 30 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.

ކޮވިޑް- 19 ޖެހިގެން ޔޫރަޕުން އެންމެ ގިނަ މީހުން މަރުވި ގައުމެއްގެ ގޮތުގައި އޮތީ އިޓަލީއެވެ. އިޓަލީން މަރުވި މީހުން އަދަދު 29 ހާހަށްވުރެ މައްޗަށް ދިޔަ ނަމަވެސް 30 ހާސް ހަމަނުވެއެވެ.

އޮފީސް އޮފް ނޭޝަނަލް ސްޓޭޓިސްޓިސް ހާމަކުރި އަދަދުތަކުން އިންގްލޭންޑްގައި އެކަނި 29600 މީހުން މަރުވެފައި ވާއިރު، ސްކޮޓްލޭންޑާއި، ނޯދަން އަޔަލޭންޑުގައި މަރުވި މީހުންގެ އަދަދު އެއްކޮށްލުމުން މަރުވި މީހުންގެ އަދަދު 30 ހާހަށްވުރެ ގިނަ ވެއެވެ.

ކޮވިޑް- 19 ޖެހިގެން ޔޫރަޕްގައި އެންމެ ގިނަ މީހުން މަރުވި ގައުމަށް އިނގިިރޭސިިވިލާތް ވެފައި ވަނީ ސްޕޭންއާ އިޓަލީގައި ޖެހުނު ވަރަށްވުރެ މަދު މީހުންނަށް ބަލި ޖެހިގެންނެވެ. ސްޕޭންއާ އިޓަލީގައި މަރުވި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް ގޮސްފައިވާއިރު، އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު އަދި 2 ލައްކައަށް ނާރައެވެ.

ދުނިޔޭގައި ކޮވިޑް- 19 ޖެހިފައިވާ މީހުންގެ އަދަދު 3.6 މިލިއަނަށް އަރާފައި ވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2 ލައްކަ 50 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.