ސިއްހީ ކާނާ 7: ޗިކްޕީސް

ސަނާމުގަކީ ޕްރޮޓީންގެ ގިނަ ބާވަތްތަކާ ޚިލާފަށް އަގު ހެޔޮ އެހެނަސް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީނުން މުއްސަނދި ކާނާއެކެވެ. އެއީ އެހައިމަ އަނގަޔަށް މީރު، އަދި ފައިބަރު ލިބިދޭ އެއްޗެކެވެ. ސަނާމުގުގައި ހުންނަ ފައިބަރު ހަށީގަނޑުގައި ހުންނަ ކޮލެސްޓެރޯލާ އެކުވެ ހަށިގަނޑުން އެ ކޮލެސްޓެރޯލު ބޭރުކޮށްދެއެވެ. އޭގެ ސަބަބުން ބޮޑކަމުދިއުމަށް ފަސޭހަވުމުގެ އިތުރުން ހަޖަމުގެ ނިޒާމަށް ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބެއެވެ. ސަނާމުގުގައި ހުންނަ އިންސޮލިއުބްލަ ފައިބަރު ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލު ކޮށްދެއެވެ. އަދި ސްޓްރޯކު ޖެހުމާއި ހިތުގަ ބަލިތަކަށް ރައްކާތެރިކޮށްދެއެވެ.

ސަނާމުގުގައި ގިނަ މިންވަރަކަށް މެގްނީޒިއަމް ހުރެއެވެ. މީގެ ސަބަބުން ހިތަށް ލޭ ފޮނުވައިދޭ ހޮޅިތަކަށް ބުރަ ބޮޑުނުވެ، ހިތް ހުއްޓުމުން ރައްކާތެރިކޮށްދެއެވެ. މެގްނީޒިއަމާއި ފޯލޭޓުގެ އިތުރުން މިނެރަލާއި، އަޔަން، ޒިންކް އަދި ކެލްސިއަމް ވެސް ގިނަ މިންވަރަކަށް ސަނާމުގުގައި ހުރެއެވެ. ސަނާމުގުގައި ޕޮޓޭސިއަމް ވަރަށޤ ގިނަ އެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ފްލުއިޑްސް މީޒާން ކޮށްދީ ހަށިގަނޑަށް ބޭނުން ނުވާ ފްލުއިޑްސް ހަށިގަނޑުގައި ހަރުލިޔަނުދެއެވެ. އަދި ގަސްގަހުގައި ހުންނަ ކެމިކަލް ވެސް ގިނަ އަދަދަކަށ ހުރެއެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ބޭނުންކުރުމުގެ ކުރިން ގަޑިއިރުތަކަކަށް ސަނާމުގުގައި ފޯކުރަން ބަހައްޓަންވާނެއެވެ. އަދި އެއަށްފަހު ދޮޅުގަނޑިއިރު ކައްކާން ވާނެއެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ ސަނާމުގުގައި ވެސް ކުރިން ދެންނެވި މާއްދާތައް ހުންނާނެއެވެ. މިއީ އެއްގަމު މަހުގެ ބަދަލުގައި ސުޕް ނުވަތަ ސްޓިއު ކައްކާއިރު ބޭނުންކުރެވިދާނެ ކާނާއެކެވެ.

                                           މައުލޫމާތު: ހަނޑްރެޑް ބެސްޓް ހެލްތު ފުޑްސް

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.