ކުރިން އެނގިފައިވާ ވަރަށްވުރެ މާ ފުޅާ ދާއިރާއެއްގައި އިންޑިޔާއާއި ޕާކިސްތާނުން ނިއުކުލިޔާ ސާމާނު ގަނެފައިވޭ: ދިރާސާ

އިންޑިޔާއާއި ޕާކިސްތާނުގެ ނިއުކުލިޔާ ޕްރޮގްރާމަށް ބޭނުންވާ ސާމާނު ދުނިޔޭގެ ބާޒާރުން ގަނެދިނުމުގައި އެތައް ސަތޭކަ ކުންފުންޏަކުން ހަރަކާތްތެރިވަމުން ދާކަން އެމެެރިކާގެ ރިސާޗް ގްރޫޕަކުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ކުންފުނިތަކުން މިކަން ކޮށްފައި ވަނީ ދުނިޔޭގެ ނިއުކުލިޔާ ސިނާއަތާ ބެހޭ އުސޫލުތަކުގައި ހުރި 'ބާގަނޑުތަކުގެ' ބޭނުންހިފައިގެންނެވެ.

ދުނިޔޭގައި ނިއުކުލިޔާ ހަނގުރާމަތަކެއް ބަދަލުކޮށްފާނެ ކަމަށް ބެލެވޭ އެއް ސަރަހައްދު ކަމުގައިވާ ދެކުނު އޭޝިޔާގެ ދެގައުމަށް ނިއުކުލިޔާ ސާމާނު ހޯދުމަށް ހަރަކާތްތެރިވާ ގޮތާ ބެހޭގޮތުން މިހާތަަަނަށް ކުރެވުނު އެންމެ ޝާމިލު ދިރާސާ ކޮށްފައިވަނީ އެމެރިކާގެ އަމިއްލަ އިދާރާއެއް ކަމުގައިވާ ސެންޓާ ފޯ އެޑްވާންސް ޑިފެންސް ސްޓަޑީޒް (ސީ4އޭޑީއެސް) އިންނެވެ.

"އިންޑިޔާއާއި ޕާކިސްތާނުން ދަނީ އެ ދެގައުމުން ބޭނުންވާ ސާމާނު ހޯދުމަށް ދުނިޔޭގައި ނިއުކުލިޔާ ހަތިޔާރު ފެތުރުން ހުއްޓުވުމަށާއި، އެފަދަ ސާމާނު އެކްސްޕޯޓުކުރުމަށް ހަދާފައިވާ އުސޫލުތަކުގައި ހުރި 'ބާގަނޑުތަކުގެ' ފައިދާ ނަގަމުންނެވެ." ސީ4އޭޑީއެސްގެ ރިޕޯޓު އެކުލަވާލުުގައި ބައިވެރިވެވަޑައިގެންނެވި ޖެކް މާގޮލިން ވިދާޅުވިއެވެ.

ޕާކިސްތާނަށް ނިއުކުލިޔާ ސާމާނު ފޯރުކޮށްދިނުން ބައިނަލް އަގުވާމީ އެސްޕޯޓް ކޮންޓުރޯލުގެ ދަށުން ވަރަށް ބޮޑަށް ކޮންޓުރޯލުކޮށްފައި ވާއިރު، 113 ކުންފުންޏަކުން ޕާކިސްތާނަށް މިފަދަ ސާމާނު ގަނެދިނުމުގައި ހަރަކާތްތެރިވާކަން އެމެރިކާއާއި ޖަޕާނުން ވަނީ މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ސީ4އޭޑީއެސް ރިޕޯޓުގައި ވާގޮތުން ސިންގަޕޫރު، ހޮންކޮންގު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ބޭނުންކޮށްގެން ޕާކިސްތާނަށް މިފަދަ ސާމާނު ހޯދައިދިނުމުގައި އިތުރު 46 ކުންފުންޏަކުން ހަރަކާތްތެރިވެއެވެ.

ޕާކިސްތާނުގެ ނިއުކުލިޔާ މަަރުކަޒުތައް ބަލައި ފާސްކުރުމުގެ ހުއްދަ އިންޓަނޭޝަނަަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް ދީފައިވާއިރު، އިންޑިޔާގެ ބައެއް މަރުކަޒުތައް ބަލައި ފާސްކުރުމުގެ ހުއްދަ އައިއޭއީއޭއަށް ދީފައި ވެއެވެ.

ސީ4އޭޑީއެސްގެ ރިޕޯޓުގައިވާ ގޮތުން އައިއޭއީއޭއަށް ބަލައިފާސްކުރުމުގެ ހުއްދަ ލިބިފައިނުވާ އިންޑިޔާގެ ނިއުކުލިޔާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގައި 222 ކުންފުންޏަކުން ހަރަކާތްތެރިވެފައި ވެއެވެ.

ކަޝްމީރުގެ މައްސަލައިގައި 3 ފަހަރު ހަނގުރާމަކޮށްފައިވާ އިންޑިޔާއާއި ޕާކިސްތާނުގައި މިސައިލުގެ 'ބޮލުގެ' ގޮތުގައި ބޭނުންކުރެވޭ 150 ނިއުކުލިޔާ ބޯ ހުރިކަަމަށް ވެއެވެ.

މި ރިޕޯޓާގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އޮފީހުންވެސް އަދި އެއްވެސް އެެއްޗެއް ބުނެފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.