ސިއްހީ ކާނާ 6: ފޮނިތޮށި

ފޮނިތޮށީގައި އެކިވައްތަރުގެ ތެލުގެ މާއްދާތަކާއި ހުރެއެވެ. އޭގެ ތެރޭގައި ސިނެމަލްޑީހައިޑް އާއި ސިނެމައިލް އެސިޓޭޓާއި އަދި ސިނެމައިލް އަލްކޮހޯލް ހުރެއެވެ. މިއީ ހަށިގަނޑަށް ފައިދާހުރި މާއްދާތަކެވެ. ސިނެމަލްޑީހައިޑަކީ ސްޓްރޯކު ޖެހުމާއި ފާރުހެދުމުން ދުރުކޮށްދޭ މާއްދާއެކެވެ. އާތްރައިޓިސް އާއި ނޭވާހިއްލުމުގެ އަލާމާތްތައް ހުންނަ މީހުންނަށް މި މާއްދާގެ ސަބަބުން ލުއި ލިބެއެވެ. ފޮނިތޮށްޓަކީ ކާނާ ހަޖަމުކުރުމުގައިވެސް އެހީތެރިވެދޭ ކާނާ އެކެވެ. ބަނޑު ފުއްޕުމާއި، ދިލަނެގުން ފަދަކަންތަކަށް ވެސް ފަރުވާއެކެވެ. ފޮނިތޮށީގައި ބެކްޓީރިއާ އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސިފަ ހުރެއެވެ. އެހެންކަމުން ޔީސްޓް ފަންގަސް އާއި ކެންޑިޑާ ފަދަ ބެކްޓީރިއާތައް ބްލޮކް ކޮށްލައެވެ. އަދި ކާނާ ވިހަކުރާ ބެކްޓީރިއާ ވެސް ވެސް ބްލޮކް ކޮށްލައެވެ.

ފޮނިތޮށްޓަކީ ލޭ ގަނޑުވުން ހުއްޓުވައިދޭ ބާވަތެކެވެ. ކާނާ ހަޖަމުނުވެ ބަނޑުފުއްޕާނަމަ އެކަމަށްވެސް ފަރުވާއެއްގެ ގޮތުގައި ފޮނިތޮށި ބޭނުންކުރެއެވެ. ހަށީގަނޑުގައި އުފެދޭ ނުރަނގަޅު ކޮލެސްޓްރޯލް ވެސް ދަށްކޮށްދެއެވެ.

ފޮނިތޮށީގެ ރަހައާއި ވަސް އަހަރެއް ވަންދެން ނުފިލައި ހުރެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.