ދެ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހަރަކާތްތެރިވާން ފަށައިފި

ދެ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާ އެއް ހާދިސާއަކީ، ތ.އޮޅުގިރިން ފުރައިގެން މާލެ ދަތުރުކުރި "ނޫރު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ވ.ފޮއްތެޔޮ މުލި ފަރަށް އަރައިގެންނެވެ. ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި މިދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ރޭ 23:30 ގައި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުން މާލެއިން މުދާ ބަރުކޮށްގެން ށ.އަތޮޅު ގާކޮށިނބި އަށް ދަތުރުކުރި "ކުރޫޒާ 4" ދޯނި އެރަށު ނެރުމައްޗަށް ފަރަށް އެރިކަމުގެ މަޢުލޫމާތު ރޭ، 20:15 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާންފަށާފައެެވެ. މި ދޯނި ފަރަށް އެރިއިރު ދޯނީގައި ހަތަރު ފަޅުވެރިން ދަތުރުކުރިއެވެ.

މި ދެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.