މިލާބް ގެ ނަމުގައި އާފަތިހުން އައު ވެބްސައިޓެއް އިފްތިތާޙްކޮށްފި

ދީނީ ލިޔުންތަކަށް ޚާއްސަ ވެބްސައިޓެއް އާފަތިހުގެ ފަރާތުން ފަށްޓައިފިއެވެ. މިލާބް ގެ ނަމުގައި ފެށްޓި މި މަޖައްލާއަކީ ދިވެހިންގެ ދީނީ ހޭލުންތެރިކަމާއި މައުލޫމާތު އިތުރު ކުރުމުގެ ބޭނުމުގައި ފެށްޓި ވެބްސައިޓެއް ކަމަށް އާފަތިހުގެ މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.

މިލާބްގެ ލިޔުންތެރިންގެ ތެރޭގައި ޢައްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދާއި، ޑޮކްޓްރ ޢަބްދުލްޣަފޫރް ޢަބްދުއްރަޙީމާއި، އައްޝައިޚް މުޙައްމަދު ޢަބްދުﷲއާއި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ފަދަ ޢިލްމުވެރިން ހިމެނެއެވެ. މިލާބްގައި ހިމެނޭ ޚާއްސަ ބައިތަކުގެ ތެރޭގައި ޤުރްއާނާއި ހަދީސާއި ސިޔަރަތު ފާހަގަކޮށްލެވެއެވެ.

"ޚާއްސަ ބައިތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ބައެއްވެސް ހިމެނޭނެ. އެބައިގައި ކުޑަކުދިންނަށް ޚާއްސަ ވާހަކައާއި ދީނީ މައުލޫމާތު ހުންނާނެ." އާފަތިހުން މައުލޫމާތު ދިނެވެ.

ތިރީގައިމިވާ ލިންކުން މިލާބަށް ވަދެވޭނެއެވެ.

www.milaab.com

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.