ސިއްހީ ކާނާ 5: ކެރެޓު

Bunches of colorful orange carrots with green tops held together with elastic bands. Selective focus with space for text.; Shutterstock ID 789443206; Job (TFH, TOH, RD, BNB, CWM, CM): TOH

ކެރެޓަކީ ނިއުޓްރިއެންޓެސް އެންމެ ގިނަ އެއް ބާވަތެވެ. ކެރެޓަކީ ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓު ލިބޭނޭ އެންމެ ރަނގަޅު ބާވަތެވެ. އަދި ކެރެެޓީން އެންމެ ގިނައިން ހުންނަ ތަރުކާރީއެވެ. ކެރެޓަށް އޭގެ ކުލަ ގެނެސްދެނީ މި ބާވަތުންނެވެ. ކެރެޓުގައި ހުންނަ މި މާއްދާތަކުން ހިތުގެ ބަލިތަކުންނާއި ކެންސަރު ބަލިން ރައްކާތެރިކޮށްދެއެވެ. ކެރެޓީނުން ހިތުގެ ބަލި ޖެހުން ސާޅީސް ފަސް އިންސައްތަ ދުރުކޮށްދެއެވެ. އަދި ލޮލުގެ ފެނުން ރަނގަޅު ވެއެވެ. ދުޅަހެޔޮ ފުއްޕާމެއަކަށް އެހީތެރިވެދެއެވެ. ކެރެޓުގައި ފައިބަރ، އެންޓިއޮކްސިޑެންޓާއި ވިޓަމިން ސީ އަދި ވިޓަމިން އީ އާއި ކެލްސިއަމާއި ޕޮޓޭސިއަމް ހުރެއެވެ. ކެރެޓުގައި ހުންނަ ކެމިކަލެއް ކަމުގައިވާ ފެލްކެނޯލްއަކީ ޖަނަވާރުންގެ ހަށިގަނޑުގައި ޓިއުމަރު އުފެެެެދި، ދިރުން ހުއްޓުވާ އެއްޗެއް ކަމަށް ވެއެވެ.

ކެރެޓުގައި ހުންނަ ކެރަޓީނަކީ ލޭގެ ހަކުރުގެ މިންވަރު މަތިވިޔަނުދީ ހިފަހައްޓައިދޭ ބާވަތަކެވެ. އަދި ހިތުގެ ބަލިތަކުން ދުރުކޮށްދެއެެވެ. ބައެއްކަހަލަ ކެންސަރާއި، އެމްފިސީމާއިން ރައްކާތެރިކޮށްދެއެވެ. ކެރެޓަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ތަރުކާރީއެކެވެ. ކެރެޓުގައި މިނެރަލާއި، ވިޓަމިން އަދި ފައިބަރު ހުރެއެވެ.  

މައުލޫމާތި: 100 ބެސްޓް ހެލްތު ފުޑްސް

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.