ސިއްހީ ކާނާ 4: އޯޓު

އޯޓަކީ ސިއްހަތަށް ފައިދާކުރަނިވި ގިނަ ބައިތަކެއް އެކުލެވޭ ބާވަތެކެވެ. އެއީ ފައިބަރުގެ ބާވަތެއް ކަމުގައިވާ ބީޓާ- ގްލުކަން އިން މުއްސަނދި ކާނާއެކެވެ. އޯޓްސް އިން ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު މަދުކޮށް ރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު އިތުރުކޮށްދެއެވެ. ދުޅަހެޔޮކަމާއެކު ހަށިގަނޑުގައި ލޭދައުރުކުރުމަށް އެހީތެރިވެއެވެ. އޭގެ ސަަބަބުން ހާޓް އެޓޭކް ޖެހުމުން ރައްކާތެރިކޮށްދެއެވެ. އޯޓްސްގައި އެންޓިއޮކްސިޑެންޓުގެ އެކި ވައްތަރުތައް ހުރެއެވެ. އަދި ގަހުގައި ހުންނަ ކެމިކަލްވެސް ހުރެއެވެ. މިއީ ހިތާއި ހިތުގެ ލޭ ހޮޅިތައް ދުޅަހެޔޮކޮށް މަސައްކަތްކުރުމަށް އެހިވެދޭ މާއްދާތަކެވެ. މި ކެމިކަލް ތަކުގެ ތެރޭގައި އެންޓިބަޔޮޓިކްގެ ސިފަތައް ހުންނަ ކެމިކަލެއް ކަމަށްވާ އެވެންތްރާމައިޑްސް ހިމެނެއެވެ. މީގެ އިތުރުން ސެޕޮނިންސްއާއި ވިޓަމިން އީ ވެސް ހުރެއެވެ. އޭގެ އިތުރުން ޓިއުމަރ ދިރުން ހުއްޓުވާ ބާވަތެއް ކަމަށްވާ ޕޮލިފިނޯލް ވެސް ހުރެއެވެ. އޯޓަކީ ގްލައިކީމިކް އިންޑެކްސް ދަށެވެ. އެހެންކަމުން މި ކާނާއަކީ ޑައެޓުކުރާ މީހުންނަށާއި ހަކުރު ބަލީގެ މީހުންނަށް ރަނގަޅު ކާނާއެކެވެ.

އޯޓަކީ ހިތާއި ލޭ ހޮޅި ދުލަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ބޭނުންކުރެވިދާނެ އެންމެ ރަނގަޅު އެއް ކާނާއެވެ. އޯޓުގައި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ޕްލާންޓް ކެމިކަލްސް ހުރެއެވެ. އެހެން ސީރިއަލްތަކާއި ޚިލާފަށް އޯޓަކީ ވިޓަމިނާއި މިނެރަލް މުއްސަނދި ކާނާއެކެވެ. މީގެ ތެރޭގައި ވިޓަމިން ބީ، ވިޓަމިން އީ، މެގްނީޒިއަމް، ކެލްސިއަމް އަދި އަޔަން ހިމެނެއެވެެ.

ޓިޕްސް:

އޯޓްސްގައި ފެޓް އެކުލެވޭތީ އެހާ ގިނަ ދުވަހު ނުބެހެއްޓިދާނެއެވެ. އެހެންކަމުން ރައްކާކުރަންވާނީ ރަނގަޅަށް ބަންދުކުރެވޭ އެއްޗެއްގައެވެ. ބަހައްޓަންވާނީ، ތެތް ކަމެއް ނެތް، އަނދިރި، ފިނި ތަނެއްގައެވެ. މިގޮތަށް ބެހެއްޓިކަމުގައި ވިޔަސް 2 ހަފްތާ ނުވަތަ 3 ހަފްތާ ތެރޭގައި ބޭނުންކުރަންވާނެއެވެ. ގޭައި އަމިއްލައަށް މިއުޒްލީ ތައްޔާރުކުރުމަށް އޯޓު ބޭނުންކުރެވިދާނެއެވެ. އަދި ކުކީ ނުވަތަ ކްރަމްބްލް ތައްޔާރުކުރެވިދާނެއެެވެ. އޯޓު ފުށަކީ ގޮދަން ފުުށުގެ ބަދަލުގަިއ ބޭނުންކުރެވިދާނެ ފުށެކެވެ.

60 ގުރާމް އޯޓުގައި ނިއުޓްރިއެންޓްސް ހުންނާނެ މިންވަރު:

ކެލަރީސް – 233

ފެޓުގެ ޖުމުލަ – 4 ގުރާމް

ޕްރޮޓީން – 10 ގުރާމް

ކާބޯހައިޑްރޭތް – 40 ގުރާމް

ފައިބަރ – 6.4 ގުރާމް

ފޮލޭޓް – 34 މައިކްރޯގުރާމް

ވިޓަމިން ބީއެކެއް – 0.5 މިލިގުރާމް

ނިއޭސިން – 0.6 މިލިގުރާމް

ވިޓަމިން އީ – 1.5 މިލިގުރާމް

މެގްނީޒިއަމް – 106 މިލިގްރާމް

ޕޮޓޭސިއަމް – 257 މިލިގްރާމް

ޒިންކް – 2.4 ގުރާމް

ކެލްސިއަމް – 32 މިލިގުރާމް

އަޔަން – 2.8 މިލިގުރާމް

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.