ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙަމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ބައިވެރިވަވަޑައި ގަންނަވާކަމަށް ވިދާޅުވެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވައިފިއެވެ.
މަޖިލީހުހެ ރައީސް މަޖިލީހުގެ ޖަލްސާތަކުގައި ހިނގާ ބަހުސްތަކުގައި ބައިވެރި ވަޑައިގެންނެވުމަކީ ޤަވާޢިދާ ޚިލާފު ކަމެއް ކަމަށް ނިޒާމީ ނުކުތާ ނަންގަވައިގެން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ޝަރީފް މަޖިލީހުގެ ރައީސަށް ހަނދުމަ ކޮށްދެއްވިއެވެ. އެކަން އެގޮތަށް ނުކުރެއްވުމަށް އާދޭހާ އެކުގައި ދަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ނިޒާމީ ނުކުތާއެއްކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނު ބަހުސްގައި ބައިވެރިވަޑައިގަތް ކަމަށް ވިދާޅުވެ، މެމްބަރ ޝަރީފް ނެންގެވީ ނިޒާމީ ނުކުތާއެއްކަމަށް ބަލައި ނުގަންނަވާ ކަމަށެވެ.
މަޖިލީހުގައި ކުރެވޭ ބަހުސް ތަކުގައި ފެނި ވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ގެންދެވުމަކީ އާއްމުކޮށް މަޖިލީހުގެ ރައީސް ކުރައްވާ ކަމެކެވެ. މިހާރު މަޖިލީހުގައި ކުރިއަށް ގެންދަވާ ބަހުސް ގެ ފުރަތަ ދުވަހުވެސް ވަނީ އެމައްސަލައި އެމަނިކުފާނަށް ފެނިޑައިގަންނަވާ ކަންކަން ފާހަގަކުރައްވާ ވާހަކަ ފުޅު ދައްކަވައިފައެވެ. ނަމަވެސް މަޖިލީސް ހިންގާ ޤަވާޢިދުގައި ބުނަނީ މަޖިލީހުގެ ރައީސް ބަހުސްތަކުގައި ބައިވެރި ވަޑައިގަނެގެން ނުވާނެކަމަށެވެ. ކުރިން ބައެއް އިދިކޮޅު މެމްބަރުން ވެސް މަޖިލީހުގެ ރައޚީސް ބަހުސްގައި ބައިވެރި ވަޑައިގަންނަވާކަމަށް ވިދާޅުވެ ވަނީ ނިޒާމީ ނުކުތާ ނަންގަވައިފައެވެ.