އުރީދޫ މޯލްޑިވްސްއިން ޑެއިލީ ޑޭޓާ ކޮންބޯގެ ނަމުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ އޮފަރ އެއް މިއަދު ތައާރަފް ކޮށްފިއެވެ.
މި އޮފާގެ ދަށުން ޑެއިލީ ޑޭޓާ ނަންގަވާ ފަރާތްތަކަށް 1 ޖީބީ ޑޭޓާ ގެ އިތުރުން އަންލިމިޓެޑް އުރީދޫ ކޯލްސް އެންމެ 35ރުފިޔާއަށް ގަންނަން ލިބޭނެއެވެ.
"އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގެ ރަމަޟާން މަހާ ކުރިމަތިލާން ދިވެހިން ތައްޔާރުވަމުން ދަނީ އާއިލާއާި ރައްޓެހިންނާއި ދުރުގައި، ގައިދުރުކަން ދަމަހައްޓމުންނެވެ. އާއިލީ ގުޅުން އަދި ރައްޓެހިންގެ ހާލު އަހުވާލު ބަލާ ހެދުމަށް މުވާސަލާތީ ޚިދުމަތްތަކަށް އިހުނަށްވުރެ ބޮޑަށް ވަނީ މުހިންމުވެފައެވެ. އެހެން ކަމުން، އުރީދޫއިން މި ޚާއްސަ އޮފަރ ތައާރަފް ކޮށްފައިވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މި ޚިދުމަތްތައް ލިބިގަތުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުންނެވެ." އުރީދޫ މޯލްޑިވްސްއިން ވިދާޅުވެފައިވެއެވެ.
ޑެއިލީ ޑޭޓާ ކޮމްބޯ އަދި އެހެނިހެން އުރީދޫ ޚިދުމަތްތައް ވަނީ ކަސްޓަމަރުންނަށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެ ގޮތްތަށް ހަމަޖައްސަވާފައި ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ. "ޑެއިލީ ޑޭޓާ ކޮމްބޯ އުރީދޫ އެޕް މެދުވެރިކޮށް އަދި 1#*929* އަށް ގުޅުއްވައިގެންވެސް އެކްޓިވޭޓް ކުރެވޭނެއެވެ."
ދުނިޔެ ކުރިމަތިލަމުންދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާދިނުމަށް އުރީދޫ މޯލްޑިވްސްއިން ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ. އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އޮފަރ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބި، ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.