ކަރަންޓީންގައި ހުރި މީހަކު މަރުވެއްޖެ

ކަރަންޓީންގައި ހުރި މީހަކު މަރުވެއްޖެއެވެ. މީމީހާ މަރުވެފައި ވަނީ އޭނާގެ ހާލުބޮޑުވެ އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި (އެންއީއޯސީ) މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ ކަރަންޓީންގައި ހުއްޓާ ހާލުބޮޑުވެ އައިޖީއެމްއެޗްގައި ފަރުވާންދޭން ޖެހުނު މީހާ ކޮވިޑަށް ޓެސްޓް ކުރެއްވި ކަމަށެވެ. އަދި އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އޭނާގެ ޞިއްހީ މައްސަލަ އަށް އައިޖީ އެމްއެޗްގައި ފަރުވާދެވިފައިވާކަމަށް ޑރ މުރާދު ވިދާޅުވިއެވެ.  މިއަދު މަރުވީ މީހާއަކީ އިންޑިޔާއިން އައި ދިވެއްސެއްކަމަށް ވެސް ޑރ މުރާދު ވިދާޅުވިއެވެ.

އިންޑިއާއިން އައި ދިވެހިންގެ ތެރޭގައި ވަރަށް ބަލި މީހުން ހިމެނޭ ކަމަށް ކުރިން އެންއީއޯސީ އިން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ކިޑްނީގެ ބަލި މީހަކާއި ފުއްޕާމޭގެ ކެންސަރު ގެ މީހަކުވެސް ހިމެނޭކަމަށް އެންއީއޯސީ އިން އޭރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު މަރުވި މިހަކީ  ކޮންމައްސަލައެއްގައި މަރުވި މީހެއްކަމެއް ހާމައެއް ނުކުރައްވައެވެ. 



މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.