މާލޭގައި ތާށިވެފައި ތިބި އައްޑޫ މީހުންގެ މައުލޫމާތު ހިއްސާކުރަން އަންގައިފި

ރިސޯޓުތަކުންނާއި ބޭސްފަރުވާއަށް މާލެ އައިސް އެނބުރި އައްޑޫއަށް ނުދެވިފައި ތިބި މީހުން އެ މައުލޫމާތު ހިއްސާކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދެފިއެވެ.

ސިޓީ ކައުންސިލުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ބޭސްފަރުވާ އަށް ނުވަތަ ރިސޯޓުތަކުން މާލެ އައިސް އެނބުރި އަތޮޅަށް ނުދެވިފައި ތި މީހުން އެ މައުލޫމާތު އައްޑީ އެމަޖެންސީ އޮޕަރޭޝާން ސެންޓަރަށް އެނގުމަށެވެ. ފޯނުން ނަމަ ގުޅާނީ 6888011 އަދި އީމޭލުން ނަމަ eoc@adducity.gov.mv އަށެވެ. 

މާލޭގައި ކޮރޯނާވައިރަސް ފެތުރު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ބަންދުކުރި އިރު ރިސޯޓުތަކުން މާލެ އައި މީހުންނާއި ބޭސްފަރުވާއަށް މާލެ އައިސްފައި ގިނަ ބަޔަކު އެބަތިއްބެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.