ރައީސުލްޖުމުހޫރިއްޔާ ބަނގްލަދޭޝްގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ޝުކުރު އަދާކުރައްވައިފިއެވެ. ބޮޑުވަޒީރު ޝައިޚް ހަސީނާ އާ ފޯނުން ގުޅުއްވައި ބަނގްލަދޭޝްގަިއ ތިބި ދިވެހި ކިޔަވާ ކުދިން މާލެ ގެނައުމަށާއި އަދި ބަނގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް1ގެ އާ ގުޅިގެން ދެގައުމުގެ ހާލަތު މަޝްވަރާ ކުރެއްވިއެވެ. 

ބަނގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނެސްފައިަވނީ މި މަހުގެ ވިހި ވަނަ ދުވަހު ބަނގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓަކުންނެވެ. މި ބޯޓުން ބަނގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް ރާއްޖެއައިސްފައި ވެއެވެ.

މީގެ އިތުރން ކާޑުގެ ބާވަތްތަކާއި ބޭހާއި މެޑިކަލް ސާމާނު ބަނގްލަދޭޝްގެ ސަރުކާރުން ފޮނުވިއެވެ. މި ތަކެތި ގެނައީ އަސްކަރީ މަނަވަރެއްގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.