މާލޭގެ ތިން ސަރަޙައްދަކުން ފޭރުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 38 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސައިކަލެއްގައި ދެ މީހަކު ގަލޮޅު ސަހަރާއި ކައިރިންނާއި ލޮނުޒިޔާރަތްމަގު ސައުތުކެފޭ ކައިރިންނާއި ވެސްޓްޕާކް ސަރަޙައްދުން ހިނގާފައިދާ މީހުންގެ އަތުން ފޭރެމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން ހެންވޭރު ސަރަހަރާ ކައިރިން މިއަދު 11:00 ހާއިރުއެވެ.
އެދެމީހުންނާއި އެމީހުން ދުއްވި ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެމީހުން ދުއްވި ސައިކަލަކީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިކަލެކެވެ. އަދި އެ ތިން ސަރަޙައްދުން ފޭރުނު އަތްދަބަސްތައް ވަނީ ހޯދާފައެވެ.
މި މައްސަލަތައް ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.