ފުލޫ ވެކްސިންގެ ޝިޕްމެންޓެއް އެސްޓީއޯއިން ގެނެސްފި

ފުލޫ ވެކްސިންގެ އައު ޝިޕްމެންޓެއްގެ އެސްޓީއޯއިން ގެނެސްފިއެވެ. މި ވެކްސިން އެސްޓީއޯގެ ފާމަސީ ތަކުން މިހާރު ލިބެން ހުންނާނެއެވެ. އެގޮތުން އައިޖީއެމްއެޗުގައި ހުރި އެސްޓީއޯގެ ފާމަސީތަކާއ، ހެންވޭރާއި ހުޅުމާލޭގައި ހުރި އެސްޓީއޯގެ ފާމަސީތަކުން ލިބެން ހުންނާނެއެވެ.

ކޮވިޑް-19 ގެ ނުރައްކަލުގެ ތެރޭގައި މިދުވަސްވަރު އެންމެން އުޅެމުންދާ މިދަނޑިވަޅު ތަފާތު އެހެނިހެން ރޯގާތައް ވެސް ރާއްޖެއިން އެބައުޅެއެވެ. އެހެންކަމުން އިންފުލުއެންޒާ ވެކްސިން ޖަހައިގެން އެންމެން ސަލާމާތްތެރި ކަންހޯދައިގެން ތިބުމަކީ މިވަގުތަށް އެންމެ ރަނގަޅުއެއްގޮތް ކަމަށް ޑޮކްޓަރުން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ.

އެސްޓީއޯގެ މީޑިއާ އޮފިސަރ ޢަބްދުﷲ މުހައްމަދު ވިދާޅުވީ މިއީ އަބަސްވެސް އެސްޓީއޯއިން ގެންނަ އެއްޗެއް ކަމަށެވެ. ޚާއްސަކޮށް ޢުމްރާ ދަތުރުތަކަށް ފުރާ ދުވަސްވަރު މި ވެކްސިން ވަރަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން މިދުވަސްވަރު ޢުމްރާ ދަތުރުތައް ވެސް ވަނީ މަޑުޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.