ފްރާންސުގައި ވަޅިން ދިން ހަމަލާއެއްގައި 2 މީހުން މަރުވެ 7 މީހުން ޒަޚަމްވެއްޖެ

ފްރާންސުގެ އިރުދެކުނު ސަރަހައްދުގައި ވަޅި ހިފައިގެން ހުރި މީހަކު އާއްމުންނަށް އެމީހުންގެ ތެރެއިން 2 މީހަކު މަރާލައި، 7 މީހުން ޒަޚަމްކޮށްލައިފިއެވެ. ޒަޚަމްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު، އެކަކުގެ ހާލު ވަރަށް ދެރަކަމަށް ވެއެވެ. ފުލުހުން މިހާރު ވަނީ ރޯމާންސް-ސޫ-އިޒިއާ އަވަށުގައި މި ހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ.

މި މައްސައިގެ ތަހުގީގާ ގުޅުން ހުރި ފަރާތަކުން މައުލޫމާތުދިން ގޮތުގައި އޭނާ ވަނީ ވަޅި ހިފައިގެން މަގުމައްޗަށް ނުކުމެ ވަކި މީހަކަށް ބެލުމެއް ނެތި ހަމަލާދީފައެވެ. އުމުރުން 33 އަހަރުގެ އެ މީހާ އާއްމުންގެ ބަޔަކަށް ހަމަލާދިނީ ކީއްވެގެން ކަން އަދި އެނގިފައި ނުވެއެވެ.

އެއަވަށުގެ މޭޔަރު މޭރީ ހެލެން ތޯރަވާލް ވިދާޅުވިގޮތުގައި އޭނާ ހަމަލާދިފައިވަނީ މިއަދު ހެނދުނު ބޭކަރީއެއްގެ ބޭރުގައި ކިއު ހަދައިގެން ތިބި ބަޔަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.