ކޮވިޑް-19: ފަންއައިލެންޑުގައި ތިބި 49 މީހުން ދޫކޮށްލައިފި

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންން ފަންއައިލެންޑުގައި ކަރަންޓީން ކޮށްފައިވާ 49 މީހުން މިއަދު ގެއަށް ދޫކޮށްލައިފިއެވެ. އެމީހުންނަކީ ރާއްޖެއިން ބޭރުގައި އުޅެފައި އައުމުން އެމީހުންނާއި އެހެން މީހުންގެ ރައްކަލަކަށްޓަކައި 14 ވަސް ވަންދެން ކަރަންޓީން ކުރެވުނު މީހުންނެވެ.

އެ މީހުންގެ ޓެސްޓްތައް ނެގެޓިވް ކަމަށްވާނަމަ މިއަދު އެންމެން ދޫކޮށްލާނެ ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުޙައްމަދު މަބްރޫކް ރޭ ވަނީ ވިދާޅުވެފައެވެ. އެ އެންމެން ވެސް ދޫކޮށްލީ ޓެސްޓް ހަދައި ކޮވިޑް19 އަށް ނެގެޓިވް ވުމުން ކަމަށް އެޗުޕީއޭއިން މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުވަނީ ރާއްޖެއިން ބޭރުން އަންނަ އެންމެން ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހަށް ކަރަންޓީން ކުރުމަށް ނިންމައިފައެވެ. އެމީހުން ކަރަންޓީންގެ މުއްދަތު ގުނަން ފަށާއިރު ގެންދާ ދުވަސް ނުހިމަނާނެއެވެ. މިހާރުވެސް 881 މީހުން ކަރަންޓީން ފެސިލީޓިތަކުގައި އެބައިތިއްބެވެ. 15 މީހަކު އައިސޮލޭޝަން ގައި އެބަ ތިއްބެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 19 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެތަނުން 13 މީހަކު ވަނީ ރަނގަޅުވެފައެވެ. ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 15 ބިދޭސީންނާއި 4 ދިވެހީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.