ކޮވިޑް- 19: ތުރުކީގައި 20 އަހަރުން ދަށުގެ މީހުންނަށް ކާފިއު ހިންގައި، 31 ރަށެއް ލޮކްޑައުންކޮށްފި

މަތަވުމެއް ނެތި ދުނިޔޭގައި ފެތުރެމުންދާ ތުރުކީގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާތީ މި ބަލިން ރައްކާތެރިވުމަށް ތުރުކީން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ގައުމާ މުޚާޠަބުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

"މިރޭ މެންދަމު 12 އިން ފެށިގެން 20 އަހަރު ދަށުގެ މީހުންނަށް ކާފިއު ހިންގާނެ." އެރްދޮޣާން ވިދާޅުވިއެވެ. އެރްދޮޣާން ގައުމާ މުޚާޠަބުކުރެއްވި އިރު، ތުރުކީގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައިވަ މީހުންެގެ އަދަދު ވަނީ 20 ހާހަށް އަރާފައެެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 400 އަށްވުރެ ގިނައެެވެ.

"މިރޭ މެންދަމު 12 އިން ފެށިގެން 30 މެޓްރޮޕޮލިޓަން ޕްރޮވިންސާއި، ޒޮންގުލްދަކް ސިޓީ ކަރަންޓީނުކުރެވޭނެ. އެ ސިޓީއަކީ ފުއްޕާމޭގެ ބަލިތައް ވަރަށް ގިނަ ރަށެއް." އެރްދޮޣާން ވިދާޅުވިއެވެ.

އެރްދޮޣާން ދެއްކެވި ވާހަކަފުޅުގައި އެހެން ބައެއް ކަންކަމަށްވެސް ވަނި އަޅިއަޅުއްވާލަައްވާފައެވެ.

"ސޯޝަލް ޑިސްޓެންސިންގ ގައި މަދުވެގެން ތިޔަ ފިޔަވަޅުގެ ދުރުމިން ބަހައްޓަން ޖެހޭނެ. މިއާ ޚިލާފުވާ މީހުން ޖުރްމާނާކުރެވޭނެ." އެރްދޮޣާން ވިދާޅުވިއެެވެ.

ހަލުވިކަމާއެކު ތުރުކީގައި ފެތުރެމުންދާ މި ބަލި ކޮންޓްރޯލްކުރުމަށް ތުރުކީން މީގެ ކުރިން އެޅި ފިޔަވަޅުތަކުގެ ތެރޭގަައި 50 އަވަށެއް ކަރަންޓީނުކުރުމާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް 24 ގަޑިއިރު ކާފިއު ހިންގުން ހިމެނެވެ.

މިއަދު ޒުވާނުންނަށް ހިންގި ކާފިއުއަށް ފަހު، މިހާރު ތުރުކީގައި ބޭރަށް ނުކުމެ އުޅެވޭނީ 21 އަހަރާ 64 އަހަރާ ދެމެދުގެ މީހުންނަށެވެ.

މުޅި ދުނިޔޭގައި ކޮވިޑް- 19 ޖެހުނު މީހުންގެ އަދަދު 1.1 މިލިއަނަށް އަރާފައިވާއިރު މިބަލީގައި 60 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.