ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނުމަށް ހަމަޖެހިފައިވާ ފައިސާ ސީދާ ރައްޔިތުންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރ ޖަމީލް އުސްމާން ގޮވާލައްވައިފިއެވެ.
ޖަމީލް އުސްމާން މިކަމަށް ގޮވައިލެއްވީ އޭނާ ކުރައްވާފައިވާ ޓުވީޓެއްގައެވެ. އޭނާ ވިދާޅުވީ މިދުވަސްވަރަކީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ކަމުގެ ތެރޭގައި އެންމެން އުޅެމުންދާ ދުވަސްވަރެއްގެ ކަމަށެވެ. އޭގެ ސަބަބުން އިގްތިސާދީ ގޮތުން މުޅިގައުމަށް ވެސް ވަނީ ހީނަރުކަން އައިސްފައި ކަމަށާއި އެކަމުގެ ނޭދޭވޭ އަސަރު އިންތިހާއަށް ރައްޔިތުންނަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސިޔާސީ ޕާޓީތަކަށް މިއަހަރަށް އިލެކުޝަން ކަމިޝަން އިން ދޫކުރަން ހަމަޖެހިފައިވާ ފައިސާ، ދޫކުރުން ހުއްޓާލައި ރައްޔިތުންނަށް ސީދާ މިފައިސާ ހަވާލުކުރުމަށް ގޮވާލަން،" ޖަމީލްގެ ވިދާޅުވެފައިވެއެވެ.
ރާއްޖެއިން ވަނީ މިބަލީގެ 17 މީހުން ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ބިދޭސީންނާއި ދެ ދިވެހީންނެވެ. އޭގެ ތެރެއިން އިޓަލީގެ ދެމީހަކު ވަނީ ގައުމަށް ގޮސްފައެވެ. އަނެއް 13 މީހުންނަށް ވަނީ ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ 2 ދިވެހީންނަށެވެ.
ކުރީގަ މެމްބަރުކަން ކުރި މީހެކޭ ކިޔާފަ މިކަހަލަ ބުރަދަނެއް ނެތް ވާހަކަތައް ދައްކާމީހުން ދައްކާ ވާހަކަތަކަށް ނޫސްތަކުން ސަމާލުކަން ދިނުމަކީ ދެރަކަމެއް.
gemanafushee membaralee haadha echcheh neygey meeheh ey dho. Eyrun vaanee was Iona kilaafu kamakah