އިންޑިއާގެ ކައްކާ މީހަކު ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

އިންޑިއާގެ ނާގުޕޫރުގެ މީހަކު މެދުކެނޑުމެއް ނެތި 53 ގަޑިއިރުވާނދެން އޭނާގެ ހުނަރު ބޭނުންކޮށް ކައްކައި މީހުންނަށް ކާންދީގެން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ކެއްކުމުގެ ރެކޯޑު ގާއިމު ކުރި ވިޝްނޫ މަނޯހަރު މެދުކެނޑުމެއްނެތި ކައްކައި ކާންދިނީ އެތަނުގައި ތިބި މީސްމީހުންގެ އިތުރަށް އޭނާގެ މަސައްކަތަށް އިންސާފުކުކުރަން ގޮސްތިބި ފަނޑިޔާރުންނަށް ވެސް ކާންދީ އެމީހުންގެ ރުހުންވެސް ހޯދައިގެންނެވެ.

މެދުކެނޑުމެއްނެތި ކެއްކުމުގެ ރެކޯޑު މީގެ ކުރީން ގާއިމުކޮށްފައިވަނީ އެމެރިކާގެ ބޮޑުކައްކާއެކެވެ. އޭނާ ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދީ 40 ގަޑިއިރުވާނދެން ކައްކައިގެންނެވެ.

އިންޑިއާގެ ކެއްކުންތެރީން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކައްކައި، ތަފާތު ރެކޯޑުތައް ދަނީ ގާއިމުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.