ކޮވިޑް- 19 އަށް ބޭހެއް ހޯދައިފިކަމަށް ރަޝިޔާއިން ބުނެފި

މައިތިރިނުވެ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) އަށް ފަރުވާދިނުމަށް ބޭހެެއް ހޯދާފައިވާ ކަމަށް  ރަޝިޔާއިން ބުނެފިއެެވެ. މިކަން ހާމަކޮށްފައި ވަނީ ރަޝިޔާގެ ފެޑެރަލް ބަޔޯމެޑިކަލް އެޖެންސީ (އެފްއެމްބީއޭ) އިން ނެރުނު ބަޔާނެއްގައެވެ.

އެފްއެމްބީއޭ އިން ދަނީ "ކޮރޯނާ ވައިރަސް ގައިން ގަޔަން އެރުން ހުއްޓުވުމަށް، މެފްލޯކުއިންގެ މައްޗަށް ބިނާވެގެން ރޭވިފައިވާ ނަތީޖާ ދައްކައިދޭ، ރައްކާތެރި ސްކީމެއްގެ މައްޗަށް މިދަނީ އަމަލުކުރަމުން." އެ އިދާރާގެ ބަޔާނުގައި ވެއެވެ.

މެފްލޯކުއިން އަކީ މެލޭރިޔާއަށް ފަރުވާދިނުމަށް ބޭނުންކުރަމުން އަންނަ ބޭހެކެވެ.

ރަޝިޔާގެ ބޭސް އުފެއްދުމާ ގުޅޭ ދިރާސާތައް ކުރާ އިދާރާއިން ބުނެފައި ވަނީ އެ ބޭސް އުފެއްދުމުގައި ޗައިނާއާއި ފްރާންސުން މި ބޭސް ބޭނުންކޮށްގެން ކޮށްފައިވާ ދިރާާސާތަކަށް ބަލާނެކަމުގައެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި ތަފާތު ކުންފުނިތަކުން ދަނީ މިބޭހަށް ވެކްސިނެއް ހޯދުމަށް ހަލުވިކަމާއެކު މަސައްކަތްކުރަމުންނެވެ.

ކޮރޯނާ ވައިރަސްއަށް މިހާތަނަށް އަދި ކަށަވަރުކުރެވޭ ވަރުގެ ފަރުވާއެއް ހޯދިފައި ނުވާއިރު، އެވައިރަސް ވަނި 6 ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އަދި އެ ބަލީގައި 28 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.