އިހަށްރޭ ފަތިހު އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި ޔާމީން ރަޝީދު މަރާލި މީހުން ހޯދިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ދާދި ދެންމެއަކު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ގަތުލު ކުރި ރޭ އެ ސިސާބުގަނޑުގައި ހުރި ސީސީޓީވީގެ ފުޓޭޖް މިހާރު ފުލުހުން ގެންދަނީ ބަލަމުންނެވެ. މިހާރު ފުލުހުން ގެންދަނީ އެ ފުޓޭޖުން ފެންނަ މީސްމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ކަމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމަށް ފުލހުން ވަނީ އެދިފައެވެ.
މިއީ ތަހުގީގުގެ ކުރީކޮޅު ކަމަށް ވާތީ ބައެއް މައުލޫމާތު އަދި ހާމަ ކުރެވެން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.