ކަރާޗީގެ ހޫނުމިން 41 ޑިގްރީގައި. ކެތް ނުކުރެވޭވަރަށް ހޫނުކަންގަދަ

ޕާކިސްތާނުގެ ކަރާޗީގެ ހޫނުމިން 41 ޑިގްރީއަށް އަރައި ދުވާލާއި ރޭގަނޑުވެސް އާއްމުންނަށް ގެއިން ބޭރަށް ނިކުމެ އުޅެން ވަރަށް ބޮޑަށް ދަތިވެއްޖެއެވެ.

މޫސުމާބެހޭ އޮފީހުގެ ޑިރެކްޓަރ ޢަބްދުއްރަޝީދު ވިދާޅުވިގޮތުގައި މިދުވަސްކޮޅު ކަނޑުވައި އެއްގޮތަކަށް ވެސް ނުޖެހެއެވެ.

"އެކަމުގެ ސަބަބުން މިހާބޮޑަށް ހޫނު ގަދަވެގެން މިއުޅެނީ." އޭނާ ވިދާޅުވި އެވެ. "ވަރަށް އަވަހަށް ހޫނުމިން ދަށަށް ދާނެކަމަށް ލަފާކުރެވޭ."

ޕާކިސްތާނުގެ ހައިދަރު އާބާދާއި ނަވާބްޝާހާއި ލާޅްކާނާ ފަދަ ރަށްރަށުގައި ހަށިގަނޑު ފިހޭވަރަށް ހޫނުކަންގަދައެވެ. އަދި ދާދުވާރާއި ޗޫރުގެ ހޫނުމިން 45 ޑިގްރީއަށް އަރައިގެން ގޮސްފައިވެއެވެ.

ހޫނުގަދަ ސަރަހައްދުގައި ދިރިއުޅޭ މީހުން އަވީގައި ނޫޅުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ އޮފީހުން ދަނީ ލަފާދެމުންނެވެ.

ރާއްޖޭގެ ހޫނުމިން މިދުވަސްކޮޅު އުޅެނީ 32 ޑިގްރީގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.