އިނގިރޭސި ބޮޑުވަޒީރު ޖޮންސަންގެ ކޮވިޑް-19 ޓެސްޓް ޕޮޒިޓިވްވެއްޖެ

British Prime Minister Boris Johnson leaves 10 Downing Street for PMQs at the House of Commons on 25 March, 2020 in London, England. The month-long parliamentary Easter recess begins today as the UK is under lockdown imposed to slow down the spread of the Coronavirus. (Photo by WIktor Szymanowicz/NurPhoto via Getty Images)

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޓެސްޓް ޕްޒިޓިވްވެއްޖެއެވެ. "ބަލީގެ އާދައިގެ އަލާމަތްތަކެއް އިއްޔެ ފެނުމާ ގުޅިގެން ބޮޑުވަޒީރު ޓެސްޓުކުރެވުނީ އިންގްލޭންޑް ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރ ކޮރިސް ވިޓްނީގެ އެދިވަޑައިގަތުމަށް." ބޮޑުވަޒީރުގެ އޮފީސް 10 ޑައުނިންގ ސްޓްރީޓްގެ ތަރުޖަމާނު ވިދާޅުވިއެވެ.

"10 ޑައުނިންގ ސްޓްރީޓުގައި ޓެސްޓުހެދީ އެންއެޗްއެސް (ނޭޝަނަލް ހެލްތު ސާވިސް) ގެ ސްޓާފުން. (އެންއެޗްއެސްގެ) އިރުޝާދުތަކާ އެއްގޮތަށް ބޮޑުވަޒިރު ހުންނެވީ 10 ޑައުނިންގ ސްޓްރީޓްގައި އަމިއްލަފުޅަށް އެކަހެރިވެވަޑައިގެން." ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.

ބޮޑުވަޒީރު ޖޮންސަންވެސް ވަނީ އޭނާއަށް ކޮވިޑް-19 ޖެހިވަޑައިގެންފައިވާކަން އޭނާ ކުރެއްވި ޓުވީޓެއްގައި ޔަގީންކޮށްދެއްވާފައެވެ.

"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަހަރެންގެ ފަރާތުން އާދައިގެ އަލާމަތްތަކެއް ފެނުނު އަދި މިވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައި. އަހަރެން މިހިރީ އަމިއްލައަށް އެކަހެރިވެގެން. އެހެނަސް، އަހަރުމެން މި ވައިރަހާ ހަނގުރާމަކުރަމުން ދާއިރު، އަހަރެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސަރުކާރު ހިންގަމުން ގެންދާނަން." ޖޮންސަންގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

  މީގެ ދެ ދުވަސްކުރިން އިނގިރިސޭލިވާތުގެ ވަލީއަހުދު އަމީރު ޗާލްސް ކޮރޯނާވައިރަސްއަށް ހެއްދެވި ޓެސްޓުވެސް ވަނީ ޕްޒިޓިވްވެފައެވެ. އޭނާވެސް މިހާރު ހުންނެވީ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަންނަވައިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.