ފުރަތަމަފަހަރަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފޮޓޯ: ހެލްތު މިނިސްޓްރީ

ފުރަތަމަފަހަމަ ފަހަރަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

 ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެއްސެއް ކަމަށެވެ. އޭނާ ރާއްޖެއަށް އައުމާއެކު ވަނީ ކަރަންޓީނު ކޮށްފައެވެ.

އޭނާގެ ކިބައިން އަލާމާތްތައް ފެނިގެން ސާމްޕަލްތައް ނަގައި ޓެސްޓު ކުރުމަށް ފޮނުވީ މިމަހުގެ 25 ވަނަ ދުވަހުގައެވެ. ނަތީޖާ ލިބިފައިވަނީ މިއަދުއެވެ. އޭނާ ރާއްޖެ އައުމާ އެކު ވަނީ ކަރަންޓީންކޮށްފައެވެ. އެހެންވެ އެހެން މީހަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭނާއާ އެއްވެސް ކޮންޓެކްޓެއް ވެފައިވާނަމަ ޓްރޭސްކޮށް ނިމުމުން އެކަން އެނގޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމީހާ ކަރަންޓީން ކުރީ ހޮލިޑޭ އައިލެންޑުގައެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންތީން ކުރުމުގެ ފައިދާބޮޑުކަން މިހާރުވެސް އެނގިގެން ހިނގަޖެ ކަމަށެވެ. މީހުން ކަރަންޓީނު ކުރަމުންދަނީ ކޮންމެ މީހަކު ކޮޓަރިއެއްގައެވެ. އެހެންނަމަވެސް ކަރަންތީނު ކުރަންޖެހޭ މީހުން އިތުވެއްޖެ ކަމަށް ވާނަމަ ކޮޓަރިއެއްގައި ދެ މީހުން ވެސް ބައިތިއްބަން ޖެހިދާނެ ކަމަށް ޑރ. އަލީ ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ރޫމްތައް ހުރުމާއެކު ވަކިވަކިން ބޭތިއްބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ޕޮޒިޓިވް ކޭހެއް ނުފެނި ދުވަސްކޮޅެއް ވުމަކީ މިބަލި ރާއްޖެއިން ފިލައިގެން ދިޔައީ ކަމަށް ނުބެލެވޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މާލެއިން ވެސް އަދި ކޮންމެ ރަށަކުން ވެނިދާނެ ކަމަށް ވިސްނަންޖެހޭނެ ކަމަށް ޑރ. އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން އެޗުޕީއޭގެ ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެފައި ފުރި އިޓަލީގެ ދެމީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.