ވެނެޒުއެލާގެ ރައީސުގެ މައްޗަށް 'މަސްތުވާތަކެތީގެ ޓެރަރިޒަމް' ގެ ދައުވާ އުފުލަން އެމެރިކާއިން ނިންމައިފި

އޭނާ ހައްޔަރުކުރެވޭ ފަދަ މައުލޫމާތު ދިން ފަރާތަކަަށް 15 މިިލިއަން ޑޮލަރުގެ އިނާމުވެސް ވަނީ ހުށަހަޅާފައި

ވެނެޒުއެލާގެ ރައީސު ނިކޮލަސް މަދޫރޯ އޭނާގެ އަރިސް 14 ބޭފުޅެއްގެ މައްޗަށް 'ނާކޯ-ޓެރަރިޒަމް' ގެ ދައުވާ އެމެރިކާއިން އުފުލަން ނިންމައި، އޭނާ ހައްުޔަރުކުރުމަށް މަގުފަހިވާ ފަދަ މައުލޫމާތު ދިން ފަރާތަކަށް 15 މިލިއަން އެމެރިާ ޑޮލަރުގެ އިނާމެއް ހުށަހަޅައިފިއެވެ.

މަދޫރޯގެ އިތުރަށް ވެނެޒުއެލާގެ ކުރީގެ ނާއިބު ރައީސު ޑިއޮސްޑާޑޯ ކަބެއްލޯ، ޑިފެންސް މިނިސްޓަރު އަދި ގާނޫނުހަދާ މަޖިލީހުގެ ރައީސުގެ މައްޗަށްވެސް ދައުވާ އުފުލަން ވަނީ ނިންމާފައެވެ. މީގެ ތެރެއިން ބައެއް ބޭފުުން ހައްޔަރުކުރެވޭ ފަދަ މައުލޫމާތު ދިން ފަރާތަކަށް 10 މިލިއަން ޑޮަލަރު ހުށަހަޅާފައި ވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނި ގޮތުގައި މަދޫރޯއާއި އޭނާގެ ބައިވެރިން ވަނީ "އެމެރިކާ ކޮކޭންއިން 'ޣަރަގުކޮށްލުމަށް' ރާވާފައެވެ"

"އަހަރުމެން އަންދާޒާކުރާ ގޮތުގައި ވެނެޒުއެލާއިން އަހަރަކު 250 މިލިއަން މެޓްރިކް ޓަނާ، 300 މިލިއަން މެޓްރިކް ޓަނާ ދެމެދުގެ އަދަދަކަށް ކޮކޭން ބޭރުކުރޭ. މިއީ އިންސާނެއްެގެ ފުރާނައަަށް ނުރައްކާ ފަދަ 30 މިލިއަން ޑޯޒާ އެއްވަރު އަދަދެއް" ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.

މަދޫރޯއާއި އެކުވެރިންގެ މައްޗަށް އުފުލަން ނިންމާފައިވާ ދައުވާގެ ތަފްސީލު ހާމަކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވިދާޅުވީ މަދޫރޯއާއި، އޭނާގެ އެންމެ އަރިސް ބޭފުޅުން ހައްުޔަރުކޮށް ޝަރީއަތަށް ހުށަހެޅޭފަދަ މައުލޫމާތު ދިން ފަރާތަކަށް ސްޓޭޓް ޑިޕާޓްމަންޓުން ޖުމްލަ 55 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމުގައެވެ.

މަދޫރޯގެ މައްޗަށް އުފުލާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަދުވެގެން 50 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެެހެންނަމަވެސް ގައުމެއް ވެރިއަކަށް ހުންނެވި ބޭފުޅަކު ހައްޔަރުކޮށްގެން ޝަރީއަތް ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ރައިސު ޓްރަމްޕްގެ ސަރުކާރުގެ މި ނިންމުމާ މެދު އެމެރިކާގެ ކުރީގެ ބައެއް ޑިޕްލޮމޭޓުުން ވަނީ ނުރުހުން ފާޅުކުރައްވާފައެެވެ.

ރައީސު މަދޫރޯގެ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލިއްޖެނަމަ، ރައީސު ޓްރަމްޕް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް ފައިދާކުރުން އެކަށީގެން ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.