ކޯވިޑް-19 އާ ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާ އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީޒްގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެތަންތަން ބައްލަވާލެއްވުމަށް ރައީސް އެތަންތަނަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނުގެ އަރިހުގައި ހެލްތު މިނިސްޓަރ ޢަބްދުއަމީނާއި ޗީފްއޮފް ޑިފެންސް ފޯސް މޭޖަރޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރާތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައި، އެތަންތަނާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ކޮވިޑް-19 މިވަގުތު އޮތީ ރާއްޖޭގައި ކޮންޓްރޯލްވެފައެވެ. އެއަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 8 މީހަކު ވަނީ ރަނގަޅުވެފައެވެ. އަނެއް ފަސް މީހުންނަށް މިހާރުވެސް ގެންދަނީ ފަރުވާ ދެމުންނެވެ. މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅުއްވައިފައެވެ. މިހާރުވެސް ގެންދަވަނީ އަޅުއްވަމުންނެވެ.