ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފުވި އިތުރު މީހަކު ބަންދުކޮށްފި

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ޚިލާފުވި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ މިހާރު އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަންއައިލެންޑް ރިސޯރޓުން ފަތައިފައި އޮޅުވެލި ފުށްޓަށް ދިޔަ ޢުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފަތާފައި އޮޅުވެލި ބީޗް ރިސޯރޓް އެންޑް ސްޕާއަށް ގޮސްފައިވާކަން ފުލުހުންނަށް ރިޕޯރޓް ކޮށްފައި ވަނީ ރޭ 10:37 ގައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިސޯރޓް އެންޑް ސްޕާގެ މޫދުގައި އޮއްވައި ހުއްޓުވުމަށް ފަހުއެވެ. އެމީހަކީ ފަންއައިލެންޑްގެ މުވައްޒަފެއްކަމާއި ފަތާފައި އޮޅުވެލި ބީޗް ރިސޯރޓަށް ގޮސްފައިވަނީ ސިނގިރެޓް ގަންނަންކަން އެނގިފައި ވަނީ ފުލުހުން އިތުރަށް ބެލި ބެލުމުންކަމަށް މިއަދު ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މިހާގެ ބަންދަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައެވެ. މިމީހާގެ ބަންދުހެ މުއްދަތު އިތުރުކޮށްފައި ވަނީ ޖިނާއީ އިޖްރާތުގެ ޤާނޫނުގެ ދަށުން ޣައިރު ހާޒިރުގައެވެ.  އެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤްކުރަމުންނެވެ.

އާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ޚިލާފުވި އިތުރު ފަސް މީހެއްގެ މައްސަލަވެސް ފުލުހުން ދަނީ ތަޙްޤީޤްކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.