އޭލެވެލް އިމްތިހާން ފަސްކޮށްފި

މިއަހަރު މޭ އަދި ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާން މިއަހަރު އޮކްޓޯބަރ އަދި ނޮވެމްބަރުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ ކޮވިޑް 19 އިން ސާލާމަތްވެ ރައްކާތެރިވެ ތިބުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ދިގު މުއްދަތަކަށް ސްކޫލްތައް ބަންދު ކޮށްފައިވާތީ ގެންނަންޖެހުނު ބަދަލެއް ކަމަށެވެ.

ކެމްބްރިޖް ޔުނިވާސިޓީން ވެސް ވަނީ މެއިމަހާއި، ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާންތައް ފަސްކުރުމަށް ނިންމައިފައެވެ. އެޑެކްސެލް އިމްތިހާނުގައި ރާއްޖެއިން 1529 ކުދިން ބައިވެރިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.